ޚަބަރު
ވިލާ ކޮލެޖްގެ ރިސާޗް ކޮންފަރެންސް ޖޫންގައި
ވިލާ ކޮލެޖުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަންގެ މިއަހަރުގެ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކޮންފަރެންސަކީ، ދިރާސާ ކުރުމަށް ބާރުއަޅާ، އަދި ދަރިވަރުން ހަދާ ދިރާސާތައް، ކަމާގުޅުންހުރި ފަރާތްތަކާއި ހަމައަށް ގެނެސްދިނުމަށް ބާއްވާ ކޮންފަރެންސެކެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނާއި، ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ ކޮންފެރެންސް އޮންނާނީ ޖޫން މަހުގެ 17 އާއި 18 ގަ އެވެ. ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެބްސްޓްރެކްޓްސް ހުށައެޅުމުގެ ފުރުސަތުު ވަނީ އަންނަ އޭޕްރީލް މަހުގެ 3 އާ ހަމައަށް ހުޅުވާލައިފަ އެވެ. 

މިފަހަރުގެ ކޮންފަރެންސްއަށްވެސް މައިގަނޑު 8 ދާއިރާއަކުން ރިސަރޗް ޕޭޕަރު ހުށައެޅޭނެއެވެ. އޭގެތެރޭގައި ޝަރުޢީ ދާއިރާ، ވިޔަފާރި، ސިއްޙީ، ތަޢުލީމީ، ތިމާވެށި، ޖެންޑަރ އެންޑް ސޮސައިޓީ އަދި އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާއި ގުޅުންހުރި ދާއިރާތައް ހިމެނެއެވެ.

ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ އޮފް ރިސާޗް އެންޑް އިނޮވޭޝަން ޑރ. މުހައްމަދު އާދިލް ވިދާޅުވީ އެ ކޮންފަރެންސަކީ "މަލްޓި ޑިސިޕްލިނަރީ" ކޮންފަރެންސެއް ކަމަށެވެ. އަދި އެ ކޮންފަރެންސަކީ އިލްމީ ފަރާތްތަކަށް އެއް މާހައުލެއްގައި މުހިންމު މައުލޫތަކަކަށް މަޝްވަރާކޮށް، މުޖުތަމައުތަކުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަމަށް ހޯދެން ހުރި ހައްލުތައް މަޝްވަރާކޮށް އެކި ދާއިރާތަކުގެ ކަމާބެހޭ މާހިރުންނާއި ގުޅުން ބަދަހިކުރެވޭނެ މާހައުލެއް ހޯދައިދިނުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ.

ޑރ. އާދިލް ވިދާޅުވި ގޮތުގައި މި އަހަރަށް ކަނޑައަޅާފައިވާ ކޮންފަރެންސްގެ ތީމަކީ "ބްރޭކް ތްރޫ ޓު އެކްސެލެންސް އެޗީވް އިން އަ ނެޓްވޯކް ކޮމިއުނިޓީ" އެވެ.

އެ ބައްދަލުވުމުގައި ޑީން އޮފް ރީސާޗް އަހުމަދު ޝާހިދު ވިދާޅުވި ގޮތުގައި މި އަހަރުގެ ކޮންފަރެންސަށް ދާއިރާއަކުން ޕޭޕަރު ހުށަހެޅޭނެ އެވެ.

ވިލާ ކޮލެޖުން މި އަހަރު ބާއްވަނީ އައިސީއެސްއާރުއައި ކޮންފަރެންސްގެ ހަތް ވަނަ އެޑިޝަނެވެ. މި ކޮންފަރެންސަކީ އެ ކޮލެޖު އިލްމީ ދިރާސާތައް ކުރާ މަރުކަޒަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފެށި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ ޖާނަލްގައި ކޮންފަރަންސަށް ހުށަހަޅާ ފުލް ރިސާޗު ޕޭޕަރުތައް ޕަބްލިޝްކުރާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު