
ރާއްޖޭގެ ތާރީހާއި ސަގާފަތް ހިމާޔަތްކޮށް މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ބުނި ގޮތުގައި، ހިރިގަލުން ހަދާފައިވާ އެ ބުދު ފެނުނީ މުކުރިމަގު އަވަށުގައި މިހާރު ފްލެޓް އަޅަމުން އަންނަ ސަރަހައްދުން ނެގި ވެލިތަކުގެ ތެރެއިންނެވެ.އެތަނުން ނެގި ވެލި ހުރީ އެތަނާ ކައިރި ހިސާބެއްގައި ފުންޏަކަށް ޖަހައިފަ އެވެ. ބުދު ފެނުނީ އެ ވެލިފުނި ފަތުރާލިތަނާ އެވެ.ރާއްޖެ އިސްލާމްވީއިރު ވެސް ލ. ގަމަކީ ބުދު ދީނުގެ މައި މަރުކަޒެކެވެ. މިގޮތުން ގަމުގައި ހުންނަ ހަތްތެއްޔަކީ ބުދު ދީނުގެ އަޅުކަންތަކަށް އެ ޒަމާނުގައި ބޭނުންކޮށް އުޅުނު މައި އެއްތަނެވެ. އުސްމިނުގައި 24 ފޫޓު ހުންނަ މި ހަތްތެލިން ވެސް މީގެ ކުރިން ވަނީ ބުދުތަކާއި އާސާރީ އެތައް ތަކެއްޗެއް ފެނިފަ އެވެ. ނަމަވެސް ކުރިން ހުރި އުސްމިނާއި އަޅާ ބަލާއިރު ހަތްތެލި މިހާރު ކުޑަކަން ފާހަގަކުރެވެ އެވެ.