ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާތަކަކަށް ގެއްލުންދީފި
އިސްމާއިލް ރިޒާ
22 ސެޕްޓެމްބަރ 2023 - 19:35
0
comments
ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދީފައި: ކައުންސިލުން ބުނީ ގެއްލުން ދީފައި ވަނީ މިއަދު ހުކުރު ވަގުތު
Tweet
Telegram
ރާއްޖޭގައި ހުރި އެންމެ ބޮޑު އާސާރީ ގަބުރުސްތާނު ކަމަށްވާ އައްޑޫ ކޯގަންނު ގަބުރުސްތާނުގައި ހުރި އާސާރީ މަހާނަ ގާތަކަކަށް އަނެއްކާ ވެސް ބަޔަކު ގެއްލުން ދީފިއެވެ.
އައްޑޫ މީދޫގެ ކައުންސިލަރު އާމިނަތު ސޯލިހާ ވިދާޅުވީ އެތަނަށް ގެއްލުން ދީފައި ވަނީ މިއަދު ހުކުރު ވަގުތު ކަމަށެވެ.
"އެއީ ބަޔަކު ހަމަ ގަސްތުގައި ގެއްލުން ދީފަ. ސެކިއުރިޓީ ބަލަހައްޓާ މީހާ ހުކުރަށް ދިޔަ ވަގުތު އެ ގާތަކަށް ގެއްލުން ދީފަ އެ ހުރީ." އޭނާ ވިދާޅުވި އެވެ.
ގެއްލުން ދީފައި ހުރީ ކިހާ އަދަދެއްގެ ގަލަކަށް ކަން އަދި ސާފު ނުވާ ކަމަށާއި އެކަން ބެލުމަށް ކައުންސިލްގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ސޯލިހާ ވިދާޅުވި އެވެ.
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ދުވަސްވީ އާސާރުތައް ގަސްތުގައި ހަލާކުކޮށް ގެއްލުންދީ ހެދުމަކީ ކުށެއް ކަމަށާއި އަދި އެއީ މުޅި ގައުމަށް ލިބޭ ގެއްލުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ރަށެއްގެ ރައްޔިތުން ހޭލުންތެރިވެ އެ ތަންތަން ރައްކާތެރިކުރަން އުޅުނު ވަރަކަށް ހަގީގަތުގައި އެ ކަންކަން ރައްކާތެރިކުރެވޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ ޒިންމާ ވެސް ރަށުގެ އާސާރީ ތަރިކަ ރައްކާތެރިކުރުމުގައި ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ފަދަ ކަންކަން ހުއްޓުވުމަށް ޓަކައި ކުރެވޭނެ ކަންކަމާމެދު މިނިސްޓްރީއާއި ސަގާފީ ތަރިކަ މަރުކަޒުން ވެސް އިރުޝާދުދީ ކައުންސިލްތަކާއެކު މަޝްވަރާ ބައްދަލުވުން ބާއްވާކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
އައްޑޫގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެއްޖެ
8 ދުވަސް ކުރިން
0
ހަންކެޑެ މަޝްރޫއު ލަސްވާ މައްސަލަ މަޖިލީހަށް
9 ދުވަސް ކުރިން
0
އައްޑޫ ލިންކް ރޯޑް ހެދުމަށް އާރްޑީސީއާ ހަވާލުކޮށްފި
16 ދުވަސް ކުރިން
0
އައްޑޫގެ ކުޅިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަނީ..!
7 ގަޑިއިރު ކުރިން
0
ފަނޑިޔާރުން ސަސްޕެންޑުކުރީ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއަޅަން: އދ
7 ގަޑިއިރު ކުރިން
0
ހައިކޯޓުގެ އިސްފަނޑިޔާރަކަށް ފައިސަލް އައްޔަންކުރަން ނިންމައިފި
7 ގަޑިއިރު ކުރިން
0
ފަސް މަސް ތެރޭގައި 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ރައީސް
1 ދުވަސް ކުރިން
0