ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކުނި ބިލު އަންނަ މަހުން ފެށިގެން ހިމެނޭނީ ކަރަންޓު ބިލުގައި
އަލީ ރާޒީ
09 މާޗް 2023 - 18:17
0
comments
Tweet
Telegram
އަންނަ މަހުން ފެށިގެން ވެމްކޯ އިން މާލެ ސަރަހައްދުގައި ދެމުންގެންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ސްޓެލްކޯގެ ބިލުގައި ހިމަނަން އެންވަޔަރަމެންޓް މިނިސްޓްރީން ނިންމައިފި އެވެ.
ވެމްކޯގެ ޚިދުމަތްތަކުން ނަގާ ފީ ކަރަންޓު ބިލުގައި ހިމަނަން ނިންމީ ކުނި އުކާލުމުގެ ޚިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ގަވާއިދުން ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމުގެ ގޮތުންނެވެ.
ށް ބަލާއިރު، މާލެ ސަރަޙައްދުގައި ފީދައްކަން ޖެހޭ ޖުމްލަ 53,690 ގޭބިސީ އެބަހުރި ކަމަށާއި ނަމަވެސް ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20,000 ގޭބިސީން ކަމަށް މިނިސްޓްރީން ބުނެ އެވެ.
"ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްދިނުމަށާއި، އަދި ކުނި މެނޭޖްކުރުމަށް މި ގެނެވޭ ބޮޑެތި ބަދަލުތަކުގެ ޚަރަދު ބެލެހެއްޓޭނީ ޚިދުމަތް ހޯދާ ހުރިހާ ފަރާތަކުންވެސް ވެމްކޯއަށް ފީ ދައްކައިގެން ކަމުގައިވާތީވެ، އެންމެ ފަސޭހައިން، ޚަރަދުކުޑަކޮށް މި ފީ ލިބިގަނެވޭނެ ގޮތަކީ ޢާންމު ބޭނުންތަކުގެ އެހެން ޚިދުމަތެއްގެ ބިލުގައި ހިމަނާއިގެން ފީ ކަލެކްޓްކުރުމެވެ." ބަޔާނުގައި ވެ އެވެ.
މިނިސްޓްރީން ބުނީ އަންނަ މަހުން އެއްވަނަ ދުވަހުން ފެށިގެން ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ޚިދުމަތްތަކަށް ކަނޑައަޅަފައިވާ ފީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިލުގައި ހިމަނައިގެން ނެގުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި ބަދަލާ ގުޅިގެން ސީދާ ވެމްކޯއިން މާލޭގައި ޚިދުމަތް ދެމުންގެންދާ ތަންތަނުން (ގޭ ބިސީތަކާއި ވިޔަފާރިތަކާއި، ކޯލް އެންޑް ޕިކަޕް ސާރވިސް) މިހާރުވެސް ނަގާފީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ކުނީގެ ހިދުމަތް ދޭނެ އަގުތަކަކީ:
- ގޭބީސީތަކުން މަހަކު 150 ރުފިޔާ
- ވިޔަފާރުތަކަށާއި ކޮމާޝަލް ތަންތަނަށް ލީޓަރަކަށް 27 ރުފިޔާ
- ކޯލް އެންޑް ޕިކަޕް ސާވިސްއަށް ޓަނަކަށް 330 ރުފިޔާ
- ޓްރާންސްފާ ސްޓޭޝަނަށް ގެންނަ ކުންޏަށް ޓަނަކަށް 1060 ރުފިޔާ
- ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓަނަކަށް 2660
- ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލީޓަރަކަށް 1.27 ރުފިޔާ
- ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސްއަށް ޓަނަކަށް 2260 ރުފިޔާ
Tweet
Telegram
ގުޅުންހުރި ލިޔުންތައް
26 ދުވަސް ކުރިން
0
ފޮޅައި ސާފު ކުރަން ވެމްކޯއިން ސަރުކާރުގެ ހަތަރު އޮފީހަކާއެކު ސޮއިކޮށްފި
2 މަސް ކުރިން
0
ކުނި މެނޭޖްކުރުމުގެ މަޝްރޫޢު ރައީސް ބައްލަވާލައްވައިފި
2 މަސް ކުރިން
0
75 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ހަދަން ހަވާލުކޮށްފި
2 މަސް ކުރިން
0
32 ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމްކުރަން ވެމްކޯއަށް
ކިޔުންތެރިންގެ ޝުއޫރު
75%
25%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދުންފަތް ކޮންޓްރޯލްކުރުމަށް ޖެނެރޭޝަނަލް ބޭން ގެނައުމުގެ ބިލު ފާސްކުރައްވައިފި
1 ގަޑިއިރު ކުރިން
0
ބްރޯކޮމްގެ މެންބަރަކަށް ރިލްވާން އަށް ރުހުންދީފި
1 ގަޑިއިރު ކުރިން
0
ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއެކު ދިވެއްސަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން
0
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ގޯހެއް ނެތް: އިހުސާން
4 ގަޑިއިރު ކުރިން
0