
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތަކަށް އެ ދެ ބޭފުޅުން ބޭއްވި ބައްދަލުވުމަށް ފަހު ގާސިމް ނޫސްވެރިން ގާތު ވިދާޅުވީ، އެ ބޭފުޅުން މަސައްކަތް ކުރަމުން އަންނަނީ މުސްތަގުބަލް އާރާސްތުކޮށް، މިނިވަންކަމާއި އިސްތިގްލާލް ސަލާމަތްކުރުމަށް ކަމަށެވެ.އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ގޮތްތައް ވެސް ބަލަމުން އަންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.ފާރިސް، ރަނިންމޭޓަކަށް އިހްތިޔާރު ކުރުމާއި ގުޅޭގޮތުން ގާސިމް ވިދާޅުވީ އެއީ ނުވާނެ ކަމެއް ނޫން ކަމަށެވެ. އެހެން ވިދާޅުވަނީ ފާރިސްއަކީ ގާބިލް ތައުލީމީ ބޭފުޅަކަށް ވާތީ ކަމަށް ވިދާޅުވިއެވެ.