ހުޅުމާލެއިން ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފިއެވެ.
ކަރަންޓު ދިއުމުގެ ސަބަބުން ދެ ގަޑިއެއްހާ އިރަށް ހުއްޓިފައި އޮތް އެ އަވަށް މިހާރު ވަނީ އާންމު ހާލަތަށް ރުޖޫއަވެފަ އެވެ.
ގާތްގަނޑަކަށް ދެ ގަޑިއެއްހާ އިރަށް އެ އަވަށުން މިއަދު ކަރަންޓް ދިޔަ އެވެ. ކަރަންޓު ކެނޑުނު ހިސާބުން ފެށިގެން ސްޓެލްކޯގެ އިންޖިނޭރުން މަސައްކަތް ފަށައި މިހާރު ވަނީ ހިޔާ އަވަށުގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް އަލުން ދީފަ އެވެ. ކޮންނަން އުޅުމުގެ ތެރޭގައި ކޭބަލަށް ގެއްލުންވެ ހުޅުމާލެއިން ކަރަންޓު ކެނޑުނުއިރު، ދޭތެރެދޭތެރެއިން މިފަދަ ކަންކަން ދިމާވެއެވެ.