
އެމްޓީސީސީން މި މަހު ފަހުކޮޅު މަތިކޮމަންޑޫ ހިއްކަން ފެށުމަށް ތައްޔާރުވަމުން އަންނައިރު އަންނަ އޮގަސްޓް މަހުގެ ތެރޭގައި ބިން ހިއްކާ ނިމޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.ކޮމަންޑޫގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ހިއްކާ ދެރަށް ގުޅާލުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.މަތި ކޮމަންޑޫ ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ދެކޮމަންޑޫ ގުޅާލުމަށް ހަދާ ބްރިޖްގެ މަސައްކަތްވެސް އޯގަސްޓް މަހު ފެށުމަށް އެމް.ޓީ.ސީ.ސީން ދަނީ ތައްޔާރުވަމުންނެވެ. ދެކޮމަންޑޫ ގުޅާލުމަށް 200 މީޓަރުގެ ބްރިޖެއް ތަރައްޤީކުރުމަށްވަނީ ނިންމާފައެވެ. އަދި މަސައްކަތް 6 މަސްތެރޭގައި ނިންމުމަށް އެމް.ޓީ.ސީ.ސީން ވަނީ ކަނޑައަޅާފައެވެ.