
ގާސިމްގެ ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަގުސަދަކީ މިނިވަން ކަމާއި އިންސާފުވެރި ކަމާ އެކު އަދުލު އިންސާފު ގާއިމްކޮށް ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ."އެހެންކަމުން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ހައްގުތައް ފުރިހަމައަށް ލިބެން ޖެހެ. އެއީ ރައީސް ޔާމީން ކަމަށް ވިޔަސް ނުވަތަ އެހެން ދިވެހި ރައްޔިތެއް ކަމަށް ވިޔަސް، އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް. އަދި އެއީ އިންސާނީ ހައްގެއް." ގާސިމް ވިދާޅުވި އެވެ.