ކުޅިވަރު
ޗެސްޓަރ ވިމެންސް ފުޓްސެލް މުބާރާތް ޖުލައި 26ގައި ފަށަނީ!
ނ. މަނަދޫ ޖަމިއްޔާއެއް ކަމަށްވާ ޗެސްޓަރގެ ފަރާތުން ކޮންމެ އަހަރެއްގެ މިނިވަން ދުވަހާއި ގުޅިގެން ބާއްވަމުން އަންނަ އަންހެން ފުޓްސެލް މުބާރާތް "ޗެސްޓަރ ވިމެންސް ފުޓްސެލް މުބާރާތް 2023" ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

މި މުބާރާތަކީ މުޅި ނޫނު އަތޮޅަށް ހުޅުވާލެވިގެން އަންހެން ކަނބަލުންނަށް ހާއްސަކުރެވިގެން އެ އަތޮޅުގައި ބޭއްވޭ އެއްމެ ބޮޑު މުބާރާތެވެ. މި މުބާރާތުގެ މަގުސަދަކީ ނޫނު އަތޮޅުގެ އަންހެން ކަނބަލުންގެ މެދުގައި ފުޓްސެލް ލޯބި އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމާއި ރާއްޖޭގެ ފެންވަރުގެ މޮޅެތިކުޅުންތެރިންތަކެއް ބިނާކުރުމުގެ އިތުރުން އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ. 

މި މުބާރާތުގައި ނޫނު އަތޮޅު ރަށްތަކާއި ރިސޯޓެއްގެ އިތުރުން ރާއްޖޭގެ އަންހެން ޤައުމީ ޓީމްގެ ކުޅުންތެރިން ކުޅޭކަން އެއީ މުބާރާތް އިތުރަށް ފޯރިގަދަވެ ވާދަވެރިވެގެންދާ ކަމެއްކަމުގައި ޗެސްޓަރއިން މައުލޫމާތު ދެެއެވެ. 

މި މުބާރާތް ކުރިޔަށްދާނީ ޖުލައި 26ން އޮގަސްޓް 4 އަށް މަނަދޫ ފުޓްސެލް ދަނޑުގައެވެ. އަދި މި މުބާރާތުގެ މެޗްތައް ޗެސްޓަރ ފޭސްބުކް ޕޭޖުން ލައިވްކޮށް ފެންނާނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު