
އައިއޭސީގެ ފަރާތުން "ހޯރަ" އަށް މައުލޫމާތު ދެއްވަމުން އެ ސާވިސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އިހަވަންދޫގައި ހުޅުވި ގޮފީގެ ސަބަބުން އިހަވަންދޫ އާއި އަދި ހއ. އަތޮޅަށްވެސް ގިނަ ގުނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން އޭސީ އައިސް އަލަމާރި ފަދަ ތަކެތި މަރާމާތު ކުރުމަށް ކޮށްދޭ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުންގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، އަވަސް ހިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އައިއޭސީން ދެމުންގެންދާ ހިދުމަތްތަކުގެ ތެރޭގައި އޭސީ ސާވިސް ކުރުމާއި އޭސީ އާއި ގުޅޭ އެންމެހައި މަސައްކަތްތަކުގެ އިތުރުން ދޮންނަމެށިން ފަދަ ތަކެތި މަރާމާތުކުރުން ހިމެނެ އެވެ. އިހަވަންދޫގައި އައިއޭސީގެ ސާވިސް ސެންޓަރެއް އިއްޔެ ހުޅުވާފައިވާއިރު މާލެ އާއި ހުޅުމާލޭގައިވެސް މި ސާރވިސްގެ ހިދުމަތް ދިނުމަށްޓަކައި އައިއޭސީގެ ސެންޓަރުތައް ހުންނަ ކަން ފާހަގަކޮށްލެވެ އެވެ. އައިއޭސީ އަކީ މީގެ 15 އަހަރު ކުރިން އޭސީ އެޅުވުމާއި އޭސީއަށް ދިމާވާ ހުރިހާ މަސައްކަތަކަށް ހައްލު ހޯދައިދިނުމަށް "އައިއޭސީ ރެފްރިޖެރޭޝަން ސާރވިސް"ގެ ނަމުގައި އުފެއްދި ކުންފުންޏެކެވެ.