ދިގުފަރު ހިއްކާ އިހަވަންދޫއާ ގުޅުވާ ލުމަކީ ރައީސް މުއިއްޒުގެ ވައުދެއް!
މަރިޔަމް އަނާ
08 ޖެނުއަރީ 2026 - 12:28
0 comments
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޑރ.މުއިއްޒު، އިހަވަންދޫގައި - ފައިލް ފޮޓޯ
ދިގުފަރު ހިއްކާ އިހަވަންދޫއާ ގުޅުވާ ލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވީ އިހަވަންދޫގައި ބިމެއް ނެތް ކަމަށާއި އެހެން ކަމުން ދެން އޮންނާނީ ބިންހިއްކުން ކަމަށެވެ. އެގޮތުން ދިގުފަރު ހިއްކާ އިހަވަންދޫއާއި ގުޅާލަ ދޭނެ ކަމަށާއި އަދި އިހަވްންދޫ ރައްޔިތުން ބޭނުންވާ ގޮތަށް ސިނާއި މަސައްކަތް ކުރަން ދިގުފަރުން ބިން އުފައްދަ ދޭނެ ކަމަށެވެ.ނިމުނި ރިޔާސީ އިންތިހާބުގެ ކެންޕެއިންނަށް އިހަވަންދޫއަށް ވަޑައިގެން ރައީސް ދިގުފަރު ހިއްކައި އިހަވަންދުއާ ގުޅާލައި ސިނާއީ މަސައްކަތް ކުރެވޭ ގޮތް ހަދައިދޭނެ ކަމަށް ވިދާޅުވި ނަމަވެސް އެފަހުން އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ވެގެން ދިޔައިރު އަދި މި ވައުދު ފުއްދުމުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ.ނަމަވެސް މި ސަރުކާރުން އިހަވަންދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން ނެވެ.އެގޮތުން މިހާރު ސަރުކާރުން ވަނީ:- ހއ. އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް އަޅަން އެ ރަށު ކައުންސިލުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
- މަސްވެރި ރަށެއް ކަމަށްވާ ހއ. އިހަވަންދޫގައި 474 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
- ހއ. އިހަވަންދޫގައި ތަރައްގީކުރާ "ފުއްޓަރު އުފާ" މައިޒާނުގެ ބިންގާ މިއަދު ވަނީ އަޅައިފަ
- އިހަވަންދޫ އާޓިފިޝަލް ބީޗްއެއް ހެދުން
- ކިޑްނީ ބަލީގެ މީހުންނަށް ދޭ ޑައިލިސްގެ ހިދުމަތް ހއ. އިހަވަންދޫގައި ރަސްމީކޮށް ދޭން ވަނީ ފަށައިފި
- ހއ. އިހަވަންދުއަށް 100 ހައުސިން ޔުނިޓް އޮތް ނަމަވެސް 200އަށް އިތުރުކުރައްވާނެ ކަމަށް ވަނީ ރައީސް ވަނީ ވައުދު ވެފައި
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ހއ. އިހަވަންދޫގައި ފަށައިފި
- ހއ. އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްއެއް ބެހެއްޓުމަށް އެ ބޭންކާއި ކައުންސިލާ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި
- ހއ. އިހަވަންދޫގެ ހޮސްޕިޓަލް އިމާރަތް ކުރުމުގެ މަސައްކަތް އާރްޑީސީއާ ވަނީ ހަވާލުކޮށްފަ
- އިހަވަންދޫގައި އިސްލާމީ މަރުކަޒު އިމާރާތް ކުރަން ވަނީ ނިންމާފަ
ކިޔުންތެރިންގެ ޝުއޫރު