ޚަބަރު
ހއ. އިހަވަންދޫގައި އާޓިފިޝަލް ބީޗެއް ތަރައްގީ ކުރަނީ
ޖުމްލަ 14 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީ އާ ހަވާލުކޮށް، އެގްރީމެންޓުތަކެއްގައި ސޮއިކުރިއިރު ހއ. އިހަވަންދޫ އާޓިފިޝަލް ބީޗްއެއް ހެދުން ހިމަނައިފި އެވެ.

އިހަވަންދޫ އާޓިފިޝަލް ބީޗް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މޫދަށް އެރޭ ސަރަޙައްދެއް ތަރައްގީކޮށް 80 މީޓަރުގެ ގްރޮއިން ޖެހުމާއި 46 މީޓަރުގެ ބޭރުތޮއްޓެއް މޫދު އަޑީގައި ގާއިމުކުރުމަށްވަނީ ހަމަޖެހިފަ އެވެ. 7 މަސް ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 12 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

ކޮންސްޓްރަކްޝަން، ހައުސިން، އެންޑް އިންފްރާސްޓަކްޗާ މިނިސްޓްރީ އިން އެމްޓީސީސީ އާއެކު މި އެއްބަސްވުންތަކުގައި ސޮއިކުރީ އިއްޔެ އެވެ.

އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު އެވެ. އެމްޓީސީސީ ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ.

މި 14 ރަށުގައި ހިންގަނީ ޖުމްލަ 14 މަޝްރޫއެކެވެ. އެ މަޝްރޫއުތަކުގެ ޖުމްލަ އަގު 1.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ މި އަހަރު ފެށުނު ފަހުން ސަރުކާރުން ހަވާލުކުރި ފުރަތަމަ ތަރައްގީގެ މަޝްރޫއުތަކެވެ.

ހަވާލުކުރި މަޝްރޫއުތައް

  • ރ. އުނގޫފާރާއި ހއ. މުރައިދޫ ބަނދަރު ތަރައްގީކުރުން
  • ގދ. ފަރެސްމާތޮޑާ މަގު ހެދުން
  • ރ. އަލިފުށި އިންޑަސްޓްރިއަލްޒޯންއަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން
  • ހއ. އިހަވަންދޫ އާޓިފިޝަލް ބީޗްހެދުން
  • ނ. ހެނބަދޫ، ނ. ހޮޅުދޫ އަދި ނ.މާޅެންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން
  • ދ. ބަނޑިދޫ، ހއ. ވަށަފަރު އަދި ގއ. ކަނޑުހުޅުދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން
  • ނ. މާފަރު. ކ.ގާފަރު އަދި ހއ. ފިއްލަދޫ ގޮނޑުދޮށް ހިމާޔަތް ކުރުން
މި ސަރުކާރުން އިހަވަންދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން ނެވެ.

އެގޮތުން މިހާރު ސަރުކާރުން ވަނީ:


  • މަސްވެރި ރަށެއް ކަމަށްވާ ހއ. އިހަވަންދޫގައި 474 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި 
  • ހއ. އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް އަޅަން އެ ރަށު ކައުންސިލުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި 
  • ހއ. އިހަވަންދޫގައި ތަރައްގީކުރާ "ފުއްޓަރު އުފާ" މައިޒާނުގެ ބިންގާ މިއަދު ވަނީ އަޅައިފަ
  • ކިޑްނީ ބަލީގެ މީހުންނަށް ދޭ ޑައިލިސްގެ ހިދުމަތް ހއ. އިހަވަންދޫގައި ރަސްމީކޮށް ދޭން ވަނީ ފަށައިފި
  • ހއ. އިހަވަންދުއަށް 100 ހައުސިން ޔުނިޓް އޮތް ނަމަވެސް 200އަށް އިތުރުކުރައްވާނެ ކަމަށް ވަނީ ރައީސް ވަނީ ވައުދު ވެފައި
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ހއ. އިހަވަންދޫގައި ފަށައިފި 
  • ހއ. އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްއެއް ބެހެއްޓުމަށް އެ ބޭންކާއި ކައުންސިލާ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި 
  • ހއ. އިހަވަންދޫގެ ހޮސްޕިޓަލް އިމާރަތް ކުރުމުގެ މަސައްކަތް އާރްޑީސީއާ ވަނީ ހަވާލުކޮށްފަ
  •  އިހަވަންދޫގައި އިސްލާމީ މަރުކަޒު އިމާރާތް ކުރަން ވަނީ ނިންމާފަ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު