ޚަބަރު
ހއ. އިހަވަންދޫގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރަނީ
ސަރުކާރުން އަލަށް އިސްލާމީ މަރުކަޒު އިމާރާތް ކުރާ ހަތަރު ރަށުގެ ތެރޭގައި ހއ. އިހަވަންދޫ ހިމެނިއްޖެ އެވެ. 

ސަރުކާރުން މިއަދު ވަނީ ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފަ އެވެ. 

އެހެންކަމުން އެ މަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް މިއަދު ވަނީ ހުޅުވާލާފަ އެވެ.  

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުތައް ކުރިއަށް ގެންދާނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުގެ އިތުރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުންނެވެ.

މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500ރ. ގެ ނިން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށާއި އެ ފައިސާ ބަލައިގަންނާނީ މިމަހުގެ 30 އިން އަންނަ މަހުގެ 15 އަށް ބަންޑޭރި ޕޯޓަލުން ކަމަށެވެ.

އެކަމަށް އެދި ބިޑު ހުށަހެޅޭނީ ބީލަން ޕޯޓަލުން އަންނަ މަހުގެ 16 ގެ މެންދުރު 2:00 ގެ ކުރިންނެވެ. އަދި ބިޑު ހުޅުވުން އޮތީ ޖުލައި 17 ގެ މެންދުރު 11:00 ގަ އެވެ.

އިސްލާމީ މަރުކަޒާއި މިސްކިތް އިމާރާތްކުރާ ރަށާއި ބިޑް ސެކިއުރިޓީ:

  • ށ. ފުނަދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް - 102،000 ރުފިޔާ
  • ހއ. އިހަވަންދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް - 102،000 ރުފިޔާ
  • ޅ. ނައިފަރު އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް - 126،000 ރުފިޔާ
  • ގއ. ވިލިނގިލި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް - 102،000 ރުފިޔާ
  • ރ. މީދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 59،000 ރުފިޔާ
  • ކ. ގުޅީ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 59،000 ރުފިޔާ
  • ގދ. ނަޑެއްލާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 40،000 ރުފިޔާ
  • ގދ. މަޑަވެލި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 61،000 ރުފިޔާ
  • ގދ. ހޯނޑެއްދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 58،000 ރުފިޔާ
  • ގދ. ފަރެސްމާތޮޑާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 61،000 ރުފިޔާ
  • ފ. ފީލައީ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 58،000 ރުފިޔާ
  • ދ. ރިނބިދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 65،000 ރުފިޔާ
  • އދ. ފެންފުށި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 40،000 ރުފިޔާ
  • އއ. މަތިވެރި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 102،000 ރުފިޔާ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު