ޚަބަރު
ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ޖަމިއްޔާގެ ތާއީދު ރައީސަށް
ޓީމްގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާކިރު
ޓޫރިޒަމް މަސައްކަތްތެރިންގެ ޖަމިއްޔާ ޓޫރިޒަމް އެމްޕްލޮޔާސް އެސޯސިއޭޝަން (ޓީމް)ގެ ތާއީދު އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާ އެކުގައި ކަމަށް ޓީމުން ބުނެފި އެވެ.

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ޔޫނިއަން ޓީމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ފަސް އަހަރު އެހެން އެއްވެސް ސަރުކާރަކުން އެ ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށް ނުކޮށްދޭ ވަރަށް ކަންކަން ފަހިކޮށްދިން ކަމަށެވެ.

މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން، ބޭރުގެ ބައިނަލްއަގްވާމީ ޖަމިއްޔާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ބުންޏެވެ. މިނިމަމްވޭޖު ތަންފީޒުކުމުން ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރަ އަށް ބޮޑު ބަދަލެއް އައި ކަމަށާއި ރިސޯޓުތަކުން 10 ޕަސެންޓް ސާވިސް ޗާޖު ދޭން ލާޒިމުކޮށް، އެކަން ކުރާކަން މޮނިޓަ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރި ކަމަށް ވެސް ޓީމުގެ ބަޔާނުގައި ވެ އެވެ.

މީގެ އިތުރުން 10 ޕަސެންޓް ސާވިސް ޗާޖު ނެގުން ލާޒިމު ކޮށްފައިވާވކަމަށާއި އުސޫލެއް ނެތި ވަޒީފާއިން ވަކިކުރުން ހުއްޓުވަން ގާނޫނު އިސްލާހު ކުރުމަކީވެސް ޓީމުން ރައީސަށް ތާއީދުކުރާ ސަބަބުތައްވކަމުގައި ބުނެފައިވެ އެވެ. އަދި ރިސޯޓުގައި މަސައްކަތް ކުރާ ވަގުތު ފިޔަވައި އެހެން ވަގުތުތަކުގައި ރިސޯޓުން ފޭބޭނެ ގޮތަށް ގާނޫނު ބަދަލު ކުުރުމާއި ރިސޯޓް މުވައްޒަފުން އެދުނު ގޮތަށް ރިސޯޓް ޗުއްޓީ ބަދަލު ކުރުންވެސް ފާހަަގަކޮށްފައިވެ އެވެ.

ޓީމްއިން ދެން ފާހަގަ ކުރި އެއް ކަމަކީ ރިސޯޓު މުވައްޒަފުން އެދުނު ގޮތަށް ސްކޫލު ޗުއްޓީ ވެސް މި ސަރުކާރުން ބަދަލުކޮށްދިނުމެވެ.

"އެހެންކަމުން މި ޖަމިއްޔާގެ ގިނަ މެމްބަރުން މި ދެންނެވި ކަންކަން ބަލައިގަންނަ ކަމާއި އަދި ކުރިއަށް މިއޮތް ދައުރުގައި ޓޫރިޒަމް ދާއިރާގެ މަސައްކަތް ތެރިންނަށް ހާއްސަކޮށް މުހިންމު ސިޔާސަތުތަކެއް އެކުލަވާލައިފައިވާތީ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދުކުރަން ނިންމާފައިވާ ކަމުގައި ދަންނަވަމެވެ" ޓީމްގެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު