
މާދަމާގެ ވޯޓުލުން ފެށޭނީ ހެނދުނު 8:00 ގަ އެވެ. ވޯޓު ފޮށިތައް، ކިއުއެއް ނެތް ނަމަ ހަވީރު 4:00 ގައި ބަންދުކުރާނެ އެވެ. މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މި ވަގުތުތަކުގެ މޫސުން ރަނގަޅުވާނެ ކަމަށެވެ."ރާއްޖޭގެ ދެކުނަށް މޫސުން ރަނގަޅުވާނެ، މެދުރާއްޖެތެރެ އަދި އުތުރުގެ ރަށްރަށް ކުޑަކޮށް ކެރީގެ އަސަރު ކުރި ނަމަވެސް އާންމު ގޮތެއްގައި ރަނގަޅުވާނެ، ވަޔާއި ކަނޑުތައްވެސް މަޑުވާނެ ކަމަށް ފެންނަނީ،" މެޓުން މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވި އެވެ.ނިމިގެން މިދިޔަ ހަފުތާއަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ހަފުތާއެކެވެ. އެގޮތުން މެޓް އޮފީހުން ވަނީ އެކި ފަހަރު މަތިން އެކި ހިސާބުތަކަށް އެލާޓް ނެރެފައެވެ.އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ނަންބަރު ތަރުތީބުން