ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ބްލަޑް ސާވިސަސް އާ ގުޅިގެން ލޭ ހިދިޔާ ކުރަން ކޭމްޕެއް މިއަދު ބާއްވައިފި އެވެ.


މިއީ ކޮންމެ ތިންމަހުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބޭއްވުމަށް 2021 ވަނަ އަހަރު ބޭންކުން ނިންމާފައިވާ ނިންމުމެއްގެ ދަށުން ކުރިއަށް ގެންދާ ކޭމްޕެކެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމުކަން ބީއެމްއެލް ގެންދަނީ ފާހަގަކުރަމުންނެވެ. 

ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރު ކުރުމެވެ.   


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު