ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރަން އުމަރު ނިންމައިފި
އަލީ ރާޒީ
21 ސެޕްޓެމްބަރ 2023 - 23:32
0
comments
Tweet
Telegram
މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވައިފިއެވެ.
މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ހަތަރު ވަނައަށް އެންމެ ގިނަ ވޯޓު ހޯދީ އުމަރަށެވެ. އެގޮތުން 2.87 ޕަސެންޓާއެކު 6،343 ވޯޓު އޭނާއަށް ލިބިފައިވެއެވެ.
ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއިދު ނުކުރައްވާނެކަމަށް ރަސްމީކޮށް އުމަރު އިޢުލާނުކުރެއްވީ މިރޭ ފޭސްބުކާއި ޓިކްޓޮކް މެދުވެރިކޮށް ބޭއްވި ލައިވް ސެޝަންއެއްގައެވެ. އުމަރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެބޭފުޅާއަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފައެވެ.
މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ވަނީ 6 ހާހަށްވުރެ ގިނަ ވޯޓު ހޯއްދަވައި އިންތިޚާބުގެ ފުރަތަމަ ބުރުގައި 4 ވަނަ ހޯއްދަވާފައެވެ.
އުމަރު މިރޭ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އައިސްފައި ވަނީ ކުރިންވެސް ވެރިިކަން ކޮށްފައި ތިބި ޕާޓީތައް ކަަމަށެވެ. ތަޖުރިބާ ކުރެވިފައި، ޓެސްޓު ކުރެވިފައި ހުރި ޕާޓީތައް ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކަން އެހެން އޮއްވާ ސަރުކާރުގެ ތެރެއަށް ވަދެ، އަނގަ ލައްޕައިގެން ހިމޭނުން ހުރުމުގެ ބަދަލުގައި ސަރުކާރާ ނުގުޅި އިންޑިއާ ސިފައިންގެ މައްސަލާގައި އަޑުއުފުލަން އިދިކޮޅުގައި ހުންނަވާނީ ކަމަށެވެ.
"އަޅުގަނޑާއި މި ޓީމުން ވަނީ ރައްޖޭގައި ސިޔާސީ އާ ފިކުރެއް އުފައްދާފައި. އަޅުގަނޑުގެ ސިޔާސީ މަސައްކަތް ހުއްޓާލާނީ މި ގައުމު މުޅިން އައު މިސްރާބަކަށް ގެންގޮސް، ގައުމު މުޅިން ޑައިވާސިފައި ކޮށްފައި،" އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އޭނާއަށް ވޯޓުދިން ހުރިހާ ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 މަސް ކުރިން
0
މެންބަރުންނަށް ދެން އޮތީ ލީޑަރަށް ސަނާ ކިޔުން: އުމަރު
6 މަސް ކުރިން
0
އިންޑިއާއިން ބުނި ހުރިހާ ކަމަކަށް ރައީސް އެއްބަސްވެއްޖެ: އުމަރު
10 މަސް ކުރިން
0
މާލޭގެ ޕޯޓް ބޭރުގެ ބަޔަކަށް ކުއްޔަށް ދޭން އެބައުޅޭ: އުމަރު
10 މަސް ކުރިން
0
ދަރަނީގެ އަނދަވަޅުން އަރައިގަންނަން ފެނަކަ އާއި ވެމްކޯ އުވާލަން ޖެހޭ: އުމަރު
ކިޔުންތެރިންގެ ޝުއޫރު
50%
50%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް ޑިރެކްޓަ ޖެނަރަލެއް ހޯދަނީ
16 ގަޑިއިރު ކުރިން
0
މިހާތަނަށް ބައި މިލިއަނެއްހާ ގަސް އިންދައިފި
16 ގަޑިއިރު ކުރިން
0
ދަތުރުފަތުރުގެ ހާދިސާތައް ތަހުގީގު ކުރަން ބޯޑެއް
16 ގަޑިއިރު ކުރިން
0
އާ ހިދުމަތްތަކަކާ އެކު އުރީދޫން އަހަރީ ދުވަހުގެ ކެމްޕެއިން ލޯންޗުކޮށްފި
16 ގަޑިއިރު ކުރިން
0