ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހުޅުމާލެ ފޭސް 3 ހިއްކަން ފަށައިފި
އިސްމާއިލް ރިޒާ
22 ސެޕްޓެމްބަރ 2023 - 19:38
0
comments
Tweet
Telegram
ހުޅުމާލެ އަށް އިތުރުކުރާ 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ. އެކަމަކު ޕްރޮޖެކްޓްގެ އަގާއި އެ ބިން އެއްކޮށް ހިއްކައި ނިމޭނެ ތާރީހެއް އާބަންކޯ އިން އަދި ނުބުނެ އެވެ.
އާބަންކޯ އިން ބުނީ ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކަން މިއަދު ފަށާފައިވާ ކަމަށެވެ.
ހުޅުމާލޭގައި މިހާރު ތަރައްގީ ކުރަމުންދާ އެހެން ފިޔަވަހިތަކެކޭ އެއްފަދައިން ތިންވަނަ ފިޔަވަހީގައި ވެސް ރައްޔިތުންނަށް ލުއިފަސޭހަ ވާނޭހެން ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުނެ އެވެ. އެގޮތުން މަގުތަކާއި ބްރިޖްގެ އިތުރުން ހިތްގައިމު ޕާކްތައް ހަދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ،
އާބަންކޯއިން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭންގެ ދަށުން ހުޅުމާލެ ފޭސް ތިނެއްގެ އިތުރުން ކުޑަގިރި، ތިލަފުށި، ގުޅިފަޅު އަދި ދިޔަނެރު ފަޅުގެ ތަފާތު މަޝްރޫއުތައް މިހާރުވެސް ކުރިއަށް ދަމުން އަންނަ ކަމަށެވެ. މި މަޝްރޫއުތަކަކީ ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން، މި ސަރަހައްދުގައި ސިނާއީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ދިމާވާ ދަތިތަކަށްވެސް އެތައް ހައްލެއް ލިބިގެންދާނެ މަޝްރޫއުތަކެއް ކަމަށް އާބަންކޯއިން ބުނެ އެވެ.
ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތްތައް އާބަންކޯ އިން ހަވާލު ކޮށްފައި ވަނީ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް (ސީއެމްސީ) ކުންފުނިންނެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިންނެވެ.
މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމި އިރު ހުޅުމާލެއިން 1،400 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރޭގައި މިއަދު ހިއްކަން ފެށި ހުޅުމާލެ ފޭސް 3 ވެސް ހިމެނެ އެވެ.
ހުޅުމާލެ ހިއްކަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ 1997 ގަ އެވެ. އޭރު ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، ދެވަނަ ފިޔަވަހި ހިއްކީ އެ މަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ދުވަސް ކުރިން
0
ހުޅުމާލެ އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރަނީ
1 މަސް ކުރިން
0
ޑްރަގް ކޯޓާއި، ކްރިމިނަލް ކޯޓުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި
2 މަސް ކުރިން
0
ހުޅުމާލޭގައި ތަރައްގީކުރާ އާ މިސްކިތުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި
3 މަސް ކުރިން
0
މި އަހަރު ވެސް ރޯދައަށް އެޗްޑީސީން ހުޅުމާލެ ސާފުކުރަން ފަށައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ
49 މިނެޓް ކުރިން
0
ވެއްޓުނީއެއް ނޫން، މަރުވަން ދޫކޮށްލީ: ޔުމްނުއާ ހަވާލާދީ އާއިލާ
54 މިނެޓް ކުރިން
0
ފުލުހުންގެ ބައެއް ޑިޕާޓްމެންޓުތަކުގެ ވެރިން ބަދަލުކޮށްފި
1 ގަޑިއިރު ކުރިން
0
މެދުނުކެނޑި ބޭސް ލިބޭގޮތް ހެދުމަށް އެސްޓީއޯއިން އިންޑިއާ ކުންފުންޏަކާއެކު ސޮއިކޮށްފި
1 ގަޑިއިރު ކުރިން
0