
ރައީސްގެ ސޯލިހްގެ ކެމްޕޭން ޓީމުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް ދޮގު ހަބަރުން ކެމްޕޭނެއް ހިންގައި އޭގެތެރެއިން އަސްލެއް ނެތް ދޮގުތަކެއް ފަތުރަން އިދިކޮޅު ފަރާތްތަކުން އުޅޭ ކަމަށެވެ."ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރާގެން އެންޓި ކެމްޕޭނުކޮށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތް ކޮށްފައިވާ ކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. ގައުމުގެ މުސްތަގުބަލް ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި ރާވައިގެން ހަގީގަތެއްނެތް ދޮގުފަތުރާ ދޮގުގެ ޒަރީއާއިން އިންތިހާބު ވަގަށް ނަގަން މަސައްކަތް ކުރުމަކީ ވަރަށް ދަަށުދަރަޖައިގެ ފިނޑި އަމަލެކެވެ.