ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކާމިޔާބަށް ފަހު މުއިއްޒު ފުރަތަމަ ވެސް ގޮވާލެއްވީ ޔާމީން ގެޔަށް ބަދަލު ކުރަން
އަލީ ރާޒީ
30 ސެޕްޓެމްބަރ 2023 - 23:28
0
comments
އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު މުއިއްޒު މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ
Tweet
Telegram
ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ލިބިވަޑައިގެންނެވި ކާމިޔާބީއަށްފަހު ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުހާބަތުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއަދުގެ ނަތީޖާއަކީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް އަދި ގައުމުގެ މިނިވަންކަން ޔަގީންކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
"އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް އަދަބުވެރިކަމާއި އިހްލާސްތެރިކަމާއެކު ދަންނަވާލަން، އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާށޭ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމަކީ ގައުމުގެ މަސްލަހަތަށްޓަކާ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ޔާމީން ގެއަށް ބަދަލުކުރުމަށް މުއިއްޒު ގޮވާލައްވާފައިވާއިރު ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި ދުވަހު މުއިއްޒު ވިދާޅުވި އެވެ.
"ފުރަތަމަ ދުވަހުވެސް އެންމެ ފުރަތަމަ ކަމަކަށްވެސް އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ ރައީސް ޔާމީން މިނިވަންކުރުން،" އޮގަސްޓް މަހުގެ ތިން ވަނަ ދުވަހު މުއިއްޒު ވިދާޅުވި އެވެ. ޔާމީން މިނިވަންކުރާނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށްވެސް މުއިއްޒު އޭރު ވިދާޅުވި އެވެ.
ގައުމުގެ މަސްލަހަތު މާ ބޮޑުކަން ހަނދާންކޮށްދެއްވައި، މުއިއްޒު އެދިވަޑައިގަތީ ހަމަޖެހުން ދެމެހެއްޓުމަށެވެ. އުފާފާޅު ކުރާއިރު ވެސް ރިވެތި އަހުލާގުގެ ތެރެއިން އެކަން ކުރުމަށް އެދިވަޑައިގަތެވެ. އަދި ހަމަޖެހުން ގެއްލުވާލުމަށް ފުރުސަތު ނުދިނުމަށް އެދިވަޑައިގަތެވެ.
ހުރިހާ ރައްޔިތުންނަށް ވެސް މުއިއްޒު ޝުކުރު ދެންނެވި އެވެ. އަދި ވިދާޅުވީ އަމާނާތްތެރި ކަމާއި ތެދުވެރިކަމާއެކު ދިވެހީންގެ ރާއްޖެ ދިވެހިންނަށް ޔަގީންކޮށް ދެއްވާނެ ކަމަށެވެ.
އިންތިގާލީ މަރުހަލާގައި ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަސާއި ނޮވެމްބަރު 17 ގައި ހުވާކުރެއްވުމަށް ފަހު އާ ސަރުކާރުގެ މަސައްކަތް ފަށާނީ ވަރަށް ބާރު ސްޕީޑުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުއިއްޒަށް 127000 ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 108000 ވޯޓެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
17 ދުވަސް ކުރިން
0
ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މުހިންމު މަޝްވަރާތަކެއް
21 ދުވަސް ކުރިން
0
ޔާމީންއަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތް މި މަހު 28 އަށް ޝެޑިއުލްކޮށްފި
21 ދުވަސް ކުރިން
0
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަނީ..!
24 ދުވަސް ކުރިން
0
އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ
3 ގަޑިއިރު ކުރިން
0
ވެއްޓުނީއެއް ނޫން، މަރުވަން ދޫކޮށްލީ: ޔުމްނުއާ ހަވާލާދީ އާއިލާ
3 ގަޑިއިރު ކުރިން
0
ފުލުހުންގެ ބައެއް ޑިޕާޓްމެންޓުތަކުގެ ވެރިން ބަދަލުކޮށްފި
3 ގަޑިއިރު ކުރިން
0
މެދުނުކެނޑި ބޭސް ލިބޭގޮތް ހެދުމަށް އެސްޓީއޯއިން އިންޑިއާ ކުންފުންޏަކާއެކު ސޮއިކޮށްފި
3 ގަޑިއިރު ކުރިން
0