ކުޅިވަރު
އެފްއޭއެމް ރައީސް ކަމަށް ދަގަނޑޭ ވާދަކުރަނީ؟
ރާއްޖޭގައި މިފަހުގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމަށް ގެންނަން ކެމްޕޭނަށް ފަށައިފިއެވެ.

އެގޮތުން "ދަގަނޑޭ ފޯ އެފްއޭއެމް" ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހަދައިގެން ބަޔަކު މިހާރު އަންނަނީ ކެމްޕޭން ކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ދަނޑުގެ ބޭރުން ވެސް ފުޓްބޯޅަ އާ ހަރުފަތަކަށް ގެންދަން އެފްއޭއެމްގެ ރައީސް ކަމަށް ދަގަނޑޭ ވާދަކުރަން އެދޭ ކަމަށެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އޭނަ މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެފްއޭއެމްގެ ރައީސް ކަމުގައި ބައްސާމް އަދީލް ޖަލީލް ހުންނަވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އޭނާ އަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. ގިނަ ބަޔަކު އޭނާގެ އިސްތިއުފާ އަށްވެސް ގޮވަމުންދާއިރު، ރާއްޖޭގައި ފްޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު އެފްއޭއެމްގެ ރައީސްގެ ގޮތުގައި ބައްސާމް ގަބޫލުކުރަން ބޭނުމެއް ނުވެއެވެ.

ދަގަނޑޭ އެފްއޭއެމްގެ ރައީސް ކަމަށް ގެންނަން ކެމްޕޭނެއް ފެށި ނަމަވެސް އޭނާ އަކީ އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ދަގަނޑޭ މިވަގުތު އަނިޔާގެ ސަބަބުން ފުޓްބޯޅަ އާއި ދުރުގައި ހުރިނަމަވެސް އޭނާ ކުޅުން ހުއްޓާލިކަން ވެސް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

އެފްއޭއެމްގެ ރައީސްގެ މަޤާމަށް ދަގަނޑޭ ގެންނަން ކެންޕެއިން ފަށާފައިވާ އިރު، ދަގަނޑޭ އަކީ ފުޓުބޯޅައިގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ ވަރުގަދަ ޝަޚްސިއްޔަތެކެވެ. އެކަމަކު ދަގަނޑޭ އަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާހުރި މީހެއް ނޫނެވެ.

ކިޔުންތެރިންގެ ޝުއޫރު
25%
25%
0%
50%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު