ޚަބަރު
މިދިޔަ ސެޕްޓެމްބަރު މަހު 131 ކައިވެނި އަދި 97 ވަރި
މާލޭގައި މިދިޔަ ސެޕްޓެމްބަރު މަހު 131 ކައިވެނި ކުރިއިރު އެ މަހުގެ ތެރޭގައި 97 ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

މި އަހަރުގެ މިހާތަނަށް ވަރީގެ މައްސަލަތައް އެންމެ މަދު އަދި ކައިވެނި އެންމެ ގިނައީ ޖުލައި މަހުގަ އެވެ.

ވަރީގެ މައްސަލަތަކުގެ ތެރެއިން ފެމިލީ ކޯޓުން މިދިޔަ މަހު އެންމެ ގިނައިން ނިންމާފައިވަނީ ވަރިވުމަށް އެދިފައިވާ މައްސަލަތަކެވެ. އެއީ 51 މައްސަލަ އެވެ.

މީގެ އިތުރުން ވަރިކުރުމަށް އެދި ހުށަހެޅި 29 މައްސަލަ މިދިޔަ މަހު ފެމިލީ ކޯޓުން ނިންމާފައިވާއިރު ވަރި ސާބިތުކުރުމަށް އެދި ހުށަހެޅި 37 މައްސަލަ އާއި ވަރިއާ މެދު ޝައްކުވެގެން ހުށަހެޅި ދެ މައްސަލަ އެ ކޯޓުން ވަނީ ނިންމާފަ އެވެ.

މިދިޔަ މަހު ފެމިލީ ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަތަކުގެ 71 ޕަސަންޓު މައްސަލަތަކަކީ އަންހެނުން ހުށަހެޅި މައްސަލަތަކެވެ. އެގޮތުން، އޮކްޓޫބަރު މަހު ނުނިމި ހުރި ގެވެށި އަނިޔާގެ އަށް މައްސަލައާއި، ސެޕްޓެމްބަރު މަސް ނިމުނުއިރު، ހަތް މައްސަލައެއް ނުނިމި ހުއްޓެވެ. އަދި ގެވެށި އަނިޔާގެ އެއް މައްސަލަ ބާތިލް ކޮށްފައިވާއިރު، ހަތް މައްސަލައަކާއި ގުޅިގެން ފެމިލީ ކޯޓުން ވަނީ ރައްކާތެރިކަމުގެ އަވަސް އަމުރު ނެރެފަ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު