ޚަބަރު
ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ
ރާއްޖޭގެ މި ކާމިޔާބީއަށް މަރުހަބާ ކިޔާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް އެރުވި ހާއްސަ ފިލާ
ޖުޒާމުބަލި ނުވަތަ ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމެއް ގޮތުގައި ދިވެހިރާއްޖެ ކަނޑައަޅައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ރާއްޖެއަށް ފިލައެއް ހަދިޔާކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމުގެ ގޮތުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެ ބަލައިގެންފައިވާ ކަމަށެވެ.

އިންޑިއާގެ ވެރިރަށް، ނިއު ދިއްލީގައި މިހާރު ކުރިއަށް ގެންދާ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ރީޖަނަލް ބައްދަލުވުމުގައި، އެ ސަރަހައްދުގެ ޑިރެކްޓަރު ޑރ. ޕޫނަމް ވަނީ ޖުޒާން ބަލި ފެތުރުން ކޮންޓްރޯލް ކުރިކަމުގެ އެވޯޑު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ހަވާލު ކުރައްވައިފަ އެވެ.

ހެލްތު މިނިސްޓްރީން ވަނީ އެ ބަލިމަޑުކަމުން ގައުމު ސަލާމަތްކޮށްދޭން ކެނޑިނޭޅި މަސައްކަތްކުރި ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް މަރުހަބާ ދަންނަވައިފަ އެވެ.

މީގެ ކުރިން ރާއްޖޭގައި އެތައް ބަޔަކު މި ބަލި ތަހައްމަލު ކޮށްފައިވެއެވެ. މި ބައްޔަށް ރާއްޖޭގައި ފަރުވާ ކުރެވެން ފަށާފައިވަނީ 1982 ވަނަ އަހަރުއެވެ.

އެ އަހަރުން ފެށިގެން ރަނގަޅު ފަރުވާއެއް ދެވެން ފެށުމާ އެކު ރާއްޖޭގައި އެ ބަލި ޖެހޭ މީހުން އަދަދު ދަށަށް ދިޔަކަމަށް ރާއްޖޭގެ ސިއްހަތު ޖަމިއްޔާއިން ބުންޏެވެ.

ލެޕްރަސީ ކޭސްތައް އެވަރެޖުގޮތެއްގައި އަހަރަކު ފެންނަނީ 10-7 މީހުންގެ އަދަދަކަށް މަދު ރަށެއްގައެވެ.

ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ ވުމަށް، "ޒީރޯ ލެޕްރަސީ" ގެ ނަމުގައި 2019 ވަނަ އަހަރު ކެމްޕެއިނެއް ފެށި އެވެ. އެކަމަކު، ކޮވިޑާ ހެދި އެކަން މެދުކަނޑާލުމަށް ފަހު، އަނެއްކާ ވެސް މަދުވެގެން 100 ރަށަކުން ލެޕްރަސީ ނައްތާލުމުގެ މަސައްކަތް ފެށި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު