ޚަބަރު
ނަޝީދުގެ މައްސަލަ މަޖިލީހުން ހުއްޓުވީ ގާނޫނާ ހިލާފަށް: ސުޕްރީމް ކޯޓު
ރައްޔިތުން މަޖިލީހުގެ ރައީސް
ރައްޔިތުން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރަން ހުށައަޅާފައިވާ ޤަރާރުގެ މައްސަލަ ކުރިޔަށްދާ ޖަލްސާގައި ރިޔާސަތު މަޖިލީހުގެ ނައިބް ރައީސް ނޫން މެމްބަރުންނަށް ވެސް ބެލެހެއްޓޭނެކަމަށް ސުޕްރީމްކޯޓުން ޙުކުމްކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށައެޅި ޤަރާރު، މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިޔަށް ނުގެންދިވާތީ މަޖިލީހުގެ ޤަވައިދު މާނަކުރަން ސުޕްރީމްކޯޓަށް ހުށައެޅީ އެމްޑީޕީންނެވެ. 

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީގެ ރައުޔުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމަ އެކަނި ނައިބު ރައީސަށް ކަމަށް ނިންމީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ފާހަގަކުރައްވާފައިވެ އެވެ.

ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމި ކަންކަން

  • ހުށަހެޅިފައިވަނީ ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސޯސުގައި ހިމެނޭ މައްސަލައެއް
  • މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު، ނައިބު ރައީސް ނެތަސް ގެންދެވޭނެ
  • ރިޔާސަތު ބެލެހެއްޓޭ މެންބަރުންގެ މާއްދާއަކީ ކޮންމެ ހާލަތަކު ވެސް ހިނގާނެ މާއްދާއެއް
  • މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު އޮތުމުން ނުގެންދެވެނީ ބަހުސްއާއި ކަމެއް ފާސްކުރުން
  • މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު ނުނިމުނަސް ގާނޫނު އަސާސީން ލާޒިމުކުރާ ކަންކަން ގެންދަން ޖެހޭނެ
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ އެ އުސޫލާ އެއްގޮތަށް އިތުބާރުގެ މައްސަލައިގައި ވެސް ރައީސާއި ނައިބު ރައީސް ނޫން މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

އެމްޑީޕީގެ 49 މެންބަރުން ސޮއިކޮށް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ މަހު އަށެއްގައެވެ. އެ މައްސަލައިގައި ފޮނުވަން ޖެހޭ 14 ދުވަހުގެ ނޯޓިސް ފޮނުވުމަށް ފަހު އެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ މަހު 26 ގައެވެ. އެކަމަކު، މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ދެ ދަރި ކޮއްކޯފުޅު އީވާ އާލާސްކަންފުޅާ ސަލާން ވިދާޅުވާ ވަރުން، މުޅި އެ ހަފުތާގައި ވެސް އެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.

އޭގެ ފަހުން، މި ހަފުތާގައި އީވާ ވަނީ އެމްޑީޕީން މަޖިލީހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އަމީންއާންމަށް ސިޓީއެއް ފޮނުއްވައިފައެވެ. އެހެންވެ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރަންދެން، ނަޝީދުގެ މައްސަލަ ތާވަލުނުކުރެވި، މަޖިލީސް އޮތީ ހުއްޓިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު