ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދީން
ހިތް ގާވިޔަ ނުދިނުމަށްޓަކައި ދެވޭނެ ފަރުވާއަކީ ﷲ ހަނދުމަކުރުން: ހުތުބާ
އިބްރާހިމް އާދަމް
10 ނޮވެމްބަރ 2023 - 13:43
0
comments
އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން
Tweet
Telegram
ހިތް ގައުވިޔަ ނުދިނުމަށްޓަކައި ހިތަށް ދޭންޖެހޭ އެންމެ ފުރިހަމަ ފަރުވާއަކީ ﷲ ހަނދުމަކުރުންމަތީ ދެމިހުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ސަލާމަތްވެގެންވާ ހިތް" މި މައުލޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ﷲ އަށް ތަކްބީރު، ތަހްމީދު، އަދި ތަސްބީހަ ކިޔުންފަދަ އަމަލުތައް ގިނަ ކުރުމުން ހިތް ގައުވުމުން ދުރުކޮށްދޭ ކަމަށާއި ޤިޔާމަތް ދުވަހުން ސަލާމަތްކަމާއި، އަމާންކަން ލިބޭނީ، ހިތް ރަނގަޅު ކުރެވުނު މިންވަރަކަށް ކަމަށެވެ.
އެގޮތުން އީމާންކަމުން ފުރިގެންވާ ހިތަކަށް މެނުވީ ދުނިޔޭގައި ރަނގަޅު ހަޔާތެއް ނުލިބޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
"ކުފުރާއި، ފާސިގުކަމުން ފުރިފައިވާ ހިތުގެ ވެރިޔާއަށް ލިބޭނީ ﷲ ގެ ކޯފާއާއި މީސްތަކުންގެ ރުޅިވެރިކަން،" އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ ހިތް ކަމަށް ހަދާން ކޮށްދެމުން ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ބުނީ، މާތް ﷲ އިންސާނާ ހައްދަވާފައި ވަނީ މާއްދީ ހަށިގަނޑަކާއި، ރޫހާނީ ފުރާނައަކާ އެކު ކަމަށެވެ. އިންސާނާއަށް މި ހަޔާތުގައި އޭނާގެ ދައުރު ފުރިހަމައަށް އަދާކުރެވޭނީ، ރޫހާނީ ބަޔަށް އިސްކަންދީ، އެބައި ފުރިހަމަ ކޮށްގެން ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ،
ﷲ ބައްލަވާވޮޑިގެންވާ ތަނަކީ ހިތް ކަމަށައި އެހެންކަމުން ކޮންމެ އިންސާނަކު ވެސް އޭނާގެ ހިތް ރަނގަޅުކޮށް، އިސްލާހު ކުރުމަށާއި، ހެޔޮ ޢަމަލު ކުރުން މަތީ ދެމިތިބެން ވާނެއެވެ. ހިތް އިސްލާހުކުރަންވާނީ އޭނާގެ ދުނިޔެއާއި އާޚިރަތް ރަނގަޅުކޮށްދޭނެ މަންހަޖާ އެއްގޮތަށް ކަމަށް ޚުތުބާގައި ބުންޏެވެ.
"މި މަންހަޖު ބިނާވެފައި ވަނީ އަންނަނިވި ކަންކަމުގެ މަތީގައެވެ. ފުރަތަމަ ކަމަކީ ފިތުނަ ފަސާދައިން މި ހިތް ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ. ﷲއަށް އުރެދުމުން މި ހިތް ރައްކާތެރި ކުރުމެވެ. ތެދުމަގުގައި މި ހިތް ދެމެހެއްޓުމެވެ. ދެވަނަ ކަމަކީ، ދުނިޔެއަކީ، އާޚިރަތަށްޓަކާ މާތްﷲ ލައްވަވާފައިވާ ވަސީލަތެއް ކަމަށް ދުށުމެވެ. ދުނިޔެއަށް ހެއްލުންތެރި ނުވުމެވެ،" ހެޔޮ އަމަލުކުރުންމަތީ ދެމިހުރުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވަމުން ހުތުބާގައި ބުންނެވެ.
އަދި ތިބާގެ ހިތަކީ ސަލާމަތްވެގެންވާ އެއްޗަކަށް ހެދޭނީ، ހިތް ޝިރުކުން ތާހިރުކޮށްގެންނާއި، ބިދުއަތަކުން ސަލާމަތްކޮށްގެންނާއި، އަފްލަތްތެރިކަމުން ސަލާމަތްކޮށްގެންނާއި، ޝަހްވަތްތަކާ ދުރުހެލި ކޮށްގެންނާއި، އިހްލާސްތެރިކަން ނައްތާލައި ހަވާނަފްސުން ސަލާމަތްކޮށްގެން ކަމަށް ބުނެ، އެކަންކަމުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ގިނަ މީހުން މުދަލު ޒަކާތް ނުދައްކާ: ހުތުބާ
15 ދުވަސް ކުރިން
0
ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަމެއް: ހުތުބާ
2 މަސް ކުރިން
0
ރޯދައިގެ ޙިކުމަތް
2 މަސް ކުރިން
0
ހަތަރު މިސްކިތެއްގައި ޒުވާން ޚަތީބުން އިމާމުވެ ހުކުރު ނަމާދުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޓެކްސީ ޑްރައިވަރަކު، ފަސިންޖަރަކު ކާރުން ބޭލި މައްސަލައެއްގައި ފިޔަވަޅު އަޅަނީ
14 ގަޑިއިރު ކުރިން
0
ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ދަށުން ފުރަތަމަ ފަހަރަށް މުދާ ފޮނުވައިފި
14 ގަޑިއިރު ކުރިން
0
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް
14 ގަޑިއިރު ކުރިން
0
އައްޑު އާއި ފުވައްމުލަކަށް އޮރެންޖް އެލާޓް
14 ގަޑިއިރު ކުރިން
0