އަލީ ރާޒީ
13 ނޮވެމްބަރ 2023 - 12:06
0 comments
ވެކްސިން ހަދިޔާ ކުރުމުގެ ރަސްމީ ލިޔުން ރާއްޖޭގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް އަރުވަނީ
ދެ ބައްޔަކަށް ހާއްސަ ވެކްސިންތަކެއް ޔުނިސެފް އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.
އދ. ގެ އެ ޖަމާއަތުން ރާއްޖެއަށް ދިނީ ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރި ކޮށްދޭ ވެކްސިނުގެ 136,000 ޑޯޒެވެ.
ވެކްސިން ހަދިޔާ ކުރުން އޮތީ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިއްޔެ އެވެ. ވެކްސިންޑޯޒްތަކާ ދިވެހި ސަރުކާތާ ހަވާލުކޮށް ދެއްވީ ރާއްޖޭގައި ހުންނަވާ ޔުނިސެފް ރެޕްރެޒެންޓެޓިވް ޑރ. އެޑްވާޑް އެޑައި އެވެ.
އެ ވެކްސިންތަކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ ހެލްތު މިނިސްޓަރު ކެރަފާ އަހުމަދު ނަސީމެވެ. ޔުނިސެފް އަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއާއި ކުރިއެރުމަށް އަބަދުވެސް އެހީވެދޭ ޖަމިއްޔާ އެކެވެ.