
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލީއާގެ މަރާމާތުކުރާ ވާހަކަ ސަރުކާރުން އިއުލާންކުރުމުން ބައެއް މީހުން ވަނީ އެ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.ކުރީގެ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުލިއާގެއަކީ 100 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ސާގާފީ ތަރިކަ ގާނޫނުގެ ދަށުން ދަފްތަރުކޮށްފައިވާ، މާލޭގެ މުހިއްމު ތާރީހީ ބިނާއެެއް ކަމަށެވެ.