ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދީން
ކުޑަކުދިން ރަނގަޅު ތަރުބިއްޔަތެއްގެ ތެރެއިން ބޮޑުކުރުން މުހިންމު: ހުތުބާ
އިބްރާހިމް އާދަމް
22 ޑިސެމްބަރ 2023 - 15:46
1
comments
Tweet
Telegram
ކުޑަކުދިންނަށް އަޅައިލާ އޯގާތެރިވެ، ރަނގަޅު ތަރުބިއްޔަތެއްގެ ތެރެއިން ބޮޑުކުރުމުގެ މުހިންމުކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާން އާކޮށްދީފި އެވެ.
"ކުޑަކުދިންނަށް އަޅައިލުމާއި އޯގާތެރިވުން" މި މައުލޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެއް ކަމަށެވެ.
މިކަމަށްޓަކާ އިސްލާމްދީނުގައި ކުޑަކުދިންނަށްޓަކާ ގިނަގުނަ ހައްގުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެއް ހައްގަކީ ހެޔޮލަފާ އާއިލާއެއްގެ ތެރެއަށް ކުއްހާ އުފަންވެ، ރަނގަޅު ތަރުބިއްޔަތެއް ލިބިދިނުމުގެ ހައްގެވެ.
ޚުތުބާގައި ވަނީ ޔަތީމު ކުދިންނަށް އެހީތެރިވުމަށް ވެސް އިލްތިމާސްކޮށްފައެވެ. އެގޮތުން އެއީ އިސްލާމް ދީން ނުހަނު ބާރު އަޅުއްވާ ކަމެއް ކަމަށާއި މަތިވެރި ސަވާބާއި ދަރުމަ ހުރިކަމެއް ކަމުގައި ޚުތުބާގައި ބުންޏެވެ.
"އަހަރެމެންގެ މުޖުތަމައުން ކުޑަކުދީންނަށް ގޯނާކޮށް، އެ ކުދިންނަށް ލިބެންޖެހޭ ހައްގުތަކަށް ހުރަސްއަޅާ ބަޔަކު މަދުން ނަމަވެސް ފެނޭ،" ޚުތުބާގައި ބުންޏެވެ.
ހަމައެހެންމެ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން އެކަކު އަނެކަކަށް ދަރި ނުދައްކާ ގެންގުޅުމަކީ ކުއްޖާއަށް ނޭދެވޭ ގިނަ އަަސަރުތަކެއް ކުރާނެ ކަމެއް ކަން ހުތުބާގައި ފާހަގަކުރި އެވެ.
"ކުޑަކުދިންގެ ކިބައިން މާތް ﷲ ވަނީ ތަކްލީފުގެ ބުރަ އުފުއްލަވާފަ އެވެ. އެކުދިންގެ ކުށްތަކަށް ވަނީ މާފު ދެއްވާފަ އެވެ. ވީމާ، ތިޔަބައިމީހުން ވެސް އެކުދިންނަށް އޯގާތެރިވެ މާފުކުރާށެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ގިނަ މީހުން މުދަލު ޒަކާތް ނުދައްކާ: ހުތުބާ
15 ދުވަސް ކުރިން
0
ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަމެއް: ހުތުބާ
2 މަސް ކުރިން
0
ރޯދައިގެ ޙިކުމަތް
2 މަސް ކުރިން
0
ހަތަރު މިސްކިތެއްގައި ޒުވާން ޚަތީބުން އިމާމުވެ ހުކުރު ނަމާދުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޓެކްސީ ޑްރައިވަރަކު، ފަސިންޖަރަކު ކާރުން ބޭލި މައްސަލައެއްގައި ފިޔަވަޅު އަޅަނީ
13 ގަޑިއިރު ކުރިން
0
ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ދަށުން ފުރަތަމަ ފަހަރަށް މުދާ ފޮނުވައިފި
13 ގަޑިއިރު ކުރިން
0
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް
14 ގަޑިއިރު ކުރިން
0
އައްޑު އާއި ފުވައްމުލަކަށް އޮރެންޖް އެލާޓް
14 ގަޑިއިރު ކުރިން
0