ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މެމްބަރު ޝަރީފް އެމްޑީޕީއިން ވަކިވެވަޑައިގެންފި
އިސްމާއިލް ރިޒާ
26 ޑިސެމްބަރ 2023 - 10:29
0
comments
Tweet
Telegram
ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) އެމްޑީޕީން ވަކިވެ، ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ޝަރީފް އެގޮތަށް ނިންމެވި ކަން އިއުލާން ކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ކުރެއްވި މެސެޖެއްގައެވެ.
ޝަރީފު ވިދާޅުވީ ސިޔާސީ މައިދާނުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން މިހާރު ނެތް ކަމަށާއި އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވެސް ވާދަނުކުރައްވާނެ ކަމަށެވެ. އެކަމަކު، އޭނާ ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަންނަވާ ސަބަބެއް ސާފެއް ނޫނެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާގައި މިހާ ގިނަ ދުވަހު މަސައްކަތް ކުރެވުނު އިރުވެސް އޭނާއަށް ކުރެވުނު ރަނގަޅު ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މަޖިލީސް ވިހީގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެމްޑީޕީން ޝަރީފު ވަކިވެވަޑައިގަތުމަށް ނިންމެވީ އެ ޕާޓީގެ އެތެރޭގެ ބައެއް ކަންކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެވެ. އޭގެ ތަފުސީލަކަށް ވަޑައެއް ނުގެންނެވި އެވެ.
އޭނާއަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީއަށް ކެމްޕޭން ކުރެއްވުމުގައި އިސްކޮށް އުޅުއްވި މެމްބަރެކެވެ.
ސިޔާސީ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ އޭނާ ގުޅިވަޑައިގަތީ އެމްޑީޕީއާއެވެ. ނަމަވެސް ފަހުން ޑީއާރްޕީއާ ގުޅިވަޑައިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އަރިހުގައި ސިޔާސީ ގޮތުން އިސް ސަފުގައި ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.
އޭގެފަހުން އަނެއްކާ ވެސް އޭނާ ގުޅިވަޑައިގަތީ އެމްޑީޕީއާއެވެ.
ޝަރީފަކީ ރައްޔިތުންގެ މަޖިލީހުގައި ވެސް މިވަގުތު ތިއްބެވި އެންމެ ގިނަ ދުވަސްވީ، މެދުނެކެނޑި ޚިދުމަތްކުރެއްވި އިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ވެސް ބަލަހައްޓަވައިފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ޖުޑިޝަރީގެ މިނިވަންކަމަށް އިހުތިރާމް ކުރަން އެމްޑީޕީއިން ގޮވާލައިފި
7 ދުވަސް ކުރިން
0
އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް 15 އޮގަސްޓްގެ ކުރިން ބާއްވަން ފާސްކޮށްފި
11 ދުވަސް ކުރިން
0
އާދަޔާ ހިލާފު ކޮންގްރެސްއެއް ބާއްވަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަނީ
14 ދުވަސް ކުރިން
0
ޝަމްހީދު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޝައުގުވެރިކަން ފާޅުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
4 ގަޑިއިރު ކުރިން
0
މި އަހަރު މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު
5 ގަޑިއިރު ކުރިން
0
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު މާލޭގައި އަސްކަރީ ހިނގާލުމެއް
7 ގަޑިއިރު ކުރިން
0
މަޖީދިއްޔާގެ ހިޔަލުން ގެނައި ކުރިއެރުމަށް ނިމުމެއް ނެތް: ރައީސް
12 ގަޑިއިރު ކުރިން
0