ވިޔަފާރި
އުރީދޫ ފަން ރަންގެ ސަރަހައްދީ ދުވުން އަންނަ އަހަރު ލ. އަތޮޅުގައި
އުރީދޫ ފަން ރަން 2023 ގެތެރެއިން -- ފޮޓޯ:އުރީދޫ
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން 2024ގެ ރީޖަނަލް އެޑިޝަން ލ. އަތޮޅުގައި ބޭއްވުމަށް އުރީދޫ މޯލްޑިވްސް އިން ނިންމާ އެކަން އިއުލާނުކޮށްފި އެވެ.

އުރީދޫ ފަން ރަން 2024ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި އުރީދޫއިން ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކުރީ ނިމިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަން ފެށުމުގެ ރަސްމިއްޔާތު ތެރެއިންނެވެ.

އުރީދޫ މޯލްޑިވްސްގެ ފަން ރަންގައި މިއަހަރު 6،000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވި އެވެ.

އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރެއްގެ ދުވުންތެރިން ބައިވެރިވާ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓް ކުރުމުގެ އިތުރުން މުޖުތަމައުގެ އެއްބައިވަންތަކަމާއި އަދި އުފާވެރިކަން ފާހަގަކުރާ ދުވުމެކެވެ.

އުރީދޫ މޯލްޑިވްސްއިން މިހާރުވެސް އަންނަނީ 2024 ވަނަ އަހަރު ބާއްވާ އުރީދޫ ފަން ރަން އަށް ތައްޔާރުވަމުންނެވެ. 

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ފަން ރަން 2024 އަށް ލ. އަތޮޅު އިހްތިޔާރުކުރުމަކީ ހަމައެކަނި ދުވުމެއް ނޫން ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ގައުމުގެ ތަފާތު ރީތިކަމާއި ތަފާތުކަން ގަބޫލުކުރުމެއް. އަދި ލ. އަތޮޅުގެ ހިތްގައިމު މުޖުތަމައުއާ ގުޅިގެން ދެމެހެއްޓެނިވި ހަނދާންތައް އެކުގައި އުފެއްދުމަށް އުއްމީދު ކުރާ ކުރުމެއް،" ހާލިދު ވިދާޅުވި އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު