ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ކުޅިވަރު
ބައްސާމްގެ މަގާމު ގެއްލިއްޖެ
މަރިޔަމް އަނާ
27 ޑިސެމްބަރ 2023 - 00:25
1
comments
Tweet
Telegram
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމިޓީގެ ތިން މެންބަރަކު އިސްތިއުފާދިނުމާއެކު، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މަގާމު ގެއްލިއްޖެއެވެ.
އެކްސްކޯ މެންބަރުންގެ ތެރެއިން އިސްތިއުފާ ދީފައިވަނީ މުހައްމަދު ޝިފާއު އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މުއައްސިސް އަހްމަދު ނަޝީދު (ޑޭވް) އަދި އެކްސްކޯގެ އަންހެން މެންބަރު އާމިނަތު ޝާނީޒުއެވެ.
ޖުމްލަ ނުވަ މެންބަރުން ހިމެނޭ، އެފްއޭއެމްގެ އެކްސްކޯއިން ފަސް ބޭފުޅަކު އިސްތިއުފާ ދެއްވުމުން، އެ ކޮމިޓީގެ ސައްހަ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ހަތަރު ބޭފުޅުންނެވެ. އެހެންވެ މިހާރު ގާނޫނީ އަދަދު ހަމަ ނުވާތީ ބައްސާމްގެ މަގާމު ވަނީ ގެއްލިފަ އެވެ. އެކްސްކޯގެ ނައިބު ރައީސް ކަމުގައި ކުރިން ހުންނެވި، މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު އާއި އެކްސްކޯ މެންބަރު އަދި ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު ވަނީ މީގެ ދެ މަހެއް ކުރިން އިސްތިއުފާ ދީފަ އެވެ.
އެފްއޭއެމްގެ ހިންގާ ކޮމެޓީން މެމްބަރުންތައް އިސްތިއުފާ ދެއްވާފައިވާ އިރު، އަންނަ މަހު އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވަންވެސް އޮތީ އިއުލާންކޮށްފަ އެވެ. އެހެންނަމަވެސް، އެ އިންތިހާބުގެ ކަންކަން ސާފުކުރުމަށް ކޮމިޝަނަރު އޮފް ސްޕޯޓްސްއިން މިހާރު ވަނީ އެފްއޭއެމްގައި އެދިފަ އެވެ.
އެފްއޭއެމްގެ ހިންގުމުގައި ބޮއްސުންލައި، އެ އިދާރާ ވަނީ ބަނގުރޫޓުވުމާ ކައިރިވެފަ އެވެ. އެގޮތުން އެ އިދާރާއަށް އެކި ގޮތްގޮތުން ލިބެމުން އަންނަ ފައިސާއަށް އެ އިދާރާގެ ވެރިން ޚިޔާނާތްތެރިވާކަމުގެ ތުހުމަތު ކޮށްފައިވެ އެވެ. އެ މައްސަލައިގެ މައިގަނޑު ސަސްޕެކްޓަކީ ބައްސާމް ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ދައުވާކުރާ ހިސާބުގަ އެވެ.
ބައްސާމަށް މަގާމު ގެއްލިފައިވާ އިރު، އެފްއޭއެމުން ވަނީ އަންނަ މަހުގެ 31 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ވެސް އިއުލާންކޮށްފައެވެ. ނަމަވެސް އެ އިންތިހާބުގައި ބައްސާމް ވާދަ ނުކުރައްވާނެކަން ވަނީ އިއުލާންކުރައްވައިފަ އެވެ.
އެ އިންތިހާބުގައި ވާދަކުރާނެކަމަށް މިހާތަނަށް މީޑިއާގައި ހާމަކޮށްފައިވަނީ ކުރިންވެސް އެފްއޭއެމްގެ ރައީސް މަގާމު ފުރުއްވި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެކަންޏެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
2 މަސް ކުރިން
0
އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން ވަކިކޮށްފި
2 މަސް ކުރިން
0
އެފްއޭއެމްގެ އެކްޓިން ޖެނެރެލް ސެކްރެޓަރީއަކަށް ޝުޖާއު
3 މަސް ކުރިން
0
ބައްސާމުގެ މައްޗަށް އިތުރު ދެ ދައުވާއެއް ކޮށްފި
ކިޔުންތެރިންގެ ޝުއޫރު
67%
0%
33%
0%
ފޮނުވާ
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގައުމީ ސަލާމަތާގުޅޭ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި
5 ގަޑިއިރު ކުރިން
0
ހޯރަފުށި ސިއްހީ މަރުކަޒުން ކުއްޖަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް
6 ގަޑިއިރު ކުރިން
0
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއް
8 ގަޑިއިރު ކުރިން
0
އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެހީވި ފަރާތްތަކަށް ރައީސް މުއިއްޒުގެ ޝުކުރު
12 ގަޑިއިރު ކުރިން
0