އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސަސްޕެންޑުކޮށްފި
މަރިޔަމް އަނާ
04 ޖެނުއަރީ 2024 - 11:01
1 comments
އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ އަހުމަދު އަލީއާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އޭނާ މަގާމުން ސަސްޕެންޑުކޮށްފި އެވެ.އެނގިފައިވާ ގޮތުގައި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އަމިއްލަ ފަރާތަކުން ހުށަހެޅި ސީރިއަސް މައްސަލަތަކަކާ ގުޅިގެން، މުސާރަ ހިންގާ ގޮތަށް އެ ކޮމިޝަނުން އޭނާ ސަސްޕެންޑުކުރީ 30 ދުވަހަށެވެ. ނަމަވެސް، އެކަމުގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.އަހުމަދު އަލީ، އެޑިއުކޭޝަންގެ ޕީއެސްއަކަށް ހަމަޖެއްސީ ޖޫން 13، 2019 ގަ އެވެ. ޕީއެސްގެ މަގާމަކީ ފަސް އަހަރެކެވެ. އެހެންވެ، އަހުމަދު އަލީގެ މަގާމުގެ ދައުރު ހަމަވުމަށް ދެން ބާކީ އޮތީ ފަސް މަސް ދުވަހެވެ. އަހުމަދު ވަނީ ކުރިން ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލްގެ މަގާމާއި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވާފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު