ޚަބަރު
އަންނަ އަހަރުން ފެށިގެން ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުކޮށްފި
އަންނަ އަހަރުގެ ސުކޫލު ބޮޑު ޗުއްޓީ ޑިސެންބަރު މަހު ފެށުމަށް ފަހު ކުރީން އޮތް ގޮތަށް ސުކޫލު ކިޔެވުމުގެ ކަންކަން ތަރުތީބު ކުރުމަށް ކެބިނެޓްގެ މަޝްވަރާއާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ސުކޫލު ޗުއްޓީ އަކީ ޑިސެންބަރު މަހެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައީ ސުކޫލު ޗުއްޓީ އަހަރުގެ މެދަށް ބަދަލު ކުރައްވާނެ ކަމަށް ވައުދުވަމުންނެވެ. އެ ވައުދާއި އެއްގޮތަށް ކުރީ ސަރުކާރުން ވަނީ ސުކޫލު ޗުއްޓީ އަހަރު މެދަށް ބަދަލުކޮށްފައެވެ.

ނަމަވެސް ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ދިރާސީ އަހަރު ފެށޭ ދުވަސް ކުރީން އޮތްގޮތަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިއަދު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި ކަރުދާހަަށް މަޝްވަރާ ކުރުމަށްފަހު އެވެ. އަދި އެ ބައްދަލުވުމުގައި އެކަން ނިންމިކަން، މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.

"މި ނިންމުމުގައި 2025 ވަނަ އަހަރުގައި ބޮޑު ޗުއްޓީ ލިބޭނެ. އެއީ، އެންމެ ކުރިން އަޅުގަނޑުމެން ސްކޫލްގައި އުޅުނު އިރު ކަން ހިނގައިދިޔަ ގޮތަށް. އަދި ހަމައެކު 2026 ވަނަަ އަހަރުގެ އެކަޑަމިކް ކަލެންޑާ ފެށިގެން ދާނީ ޖެނުއަރީ މަހުން ފެށިގެން [އެއީ] ހަމަ އާންމުކޮށް އަޅުގަނޑުމެން މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލަށް،" ނާޒިމް ވިދާޅުވި އެވެ.

" އޭގެ މާނައަކީ، ޖުލައި މަހު ތިން ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު ހަތަރު ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު