އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ޤުރުއާން ހިމަނަން ނިންމައިފި އެވެ.
މިއަދު ފެށި ދިރާސީ އާ އަހަރާ ގުޅިގެން މިނިސްޓަރު ދެއްވި ހިތޯބުގައި ވިދާޅުވީ މި ދިރާސީ އަހަރު، އެންމެ ބޮޑު އިސްކަމެއް ދޭނީ ދަރިވަރުންގެ ކިބައިގައި ރިވެތި އަހުލާގު އަށަގެންނެވުމަށް ކަމަށެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ތައުލީމް ހާސިލުކުރަމުން އަންނަ ކޮންމެ ދަރިވަރަކީ ވެސް، ރިވެތި އާދަތަކާއި ސިފަތަކާއެކު އަނެކަކަށް އިހުތިރާމްކުރާ ދަރިވަރުން ތަކަކަށް ހެދުމަށް މި އަހަރު ހާއްސަ ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.އަދި އަންނަ އަހަރުގެ ސާނަވީ އިމްތިހާނުގައި ޤުރުއާން މާއްދާ ރަސްމީކޮށް ހިމަނައި ރާއްޖޭގެ ދަރިވަރުންނަށް އެ އިމްތިހާނު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.އެސްއެސްސީ އިމްތިހާނުގައި މިހާރު ހިމެނެނީ އިސްލާމާއި ދިވެހި މާއްދާ އެވެ. މިއީ އޯ ލެވެލް އާއި އޭ ލެވެލް ދަރިވަރުން ވެސް ހަދަން ޖެހޭ އިމްތިހާނެކެވެ.