ޑަބްލިވްއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ހަލީލް
ހުމާ ނަސީމް
22 ޖެނުއަރީ 2024 - 18:41
0 comments
ޑަބްލިވްއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ 154 ވަނަ ބައްދަލުވުމުގައި ވަޒީރު ޑރ. ހަލީލް
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 154 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުން ފަށައިފި އެވެ. ޖެނީވާގައި ކުރިއަށްދާ މިބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރުމަށް އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ގޮތުން ރާއްޖޭގެ ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ހަލީލް ބައިވެރިވެ ވަޑައިގަންނަވަ އެވެ. މިބައްދަލުވުމަކީ، ދުނިޔޭގެ 34 ގައުމަކުން، ސިއްހީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައިނަލް އަގްވާމީ މުހިއްމު ނިންމުންތަކެއް ނިންމާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ.މިއަދުން ފެށިގެން 27 ޖެނުއަރީ އަށް ކުރިއަށްދާ މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ޑަބްލިވްއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރ ގައުމުތަކާއި އެހެން މެމްބަރ ގައުމުތައްވެސް ހިމެނޭގޮތަށް ސްވިޒަރލޭންޑުގެ ޖެނީވާގަ އެވެ.މިފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ރޭވިފަ އެވެ. މިބައްދަލުވުންތަކުގައި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެއެވެ.
މީގެ އިތުރުން، މި މަހުގެ 16 އިން 19 އަށް ޖެނީވާގައި ކުރިއަށް ދިޔަ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގެޒެކެޓިވް ބޯޑުގެ 39 ވަނަ ޕްރޮގްރާމް، ބަޖެޓު އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގައި ސިއްހަތާ ބެހޭ ވުޒާރާގެ ވަފުދެއް ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ.
ކިޔުންތެރިންގެ ޝުއޫރު