
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހިމަނައި އިއްޔެ ވެސް ވަނީ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިފަ އެވެ. ނަމަވެސް، މަޖިލީހުގެ ނިޒާމު ގެއްލި، ހަތަރު ފަހަރު މަސައްކަތްކޮށްގެން ވެސް ޖަލްސާ ބޭއްވޭނެ ހާލަތެއް ނެތިގެން އިއްޔެގެ ޖަލްސާ ނިންމާލީ ރޭ 10 ޖެހި ފަހުންނެވެ.މިއަދު 11 ޖަހާއިރު ބާއްވަން ނިންމި ޖަލްސާ 1 ޖަހާއިރަށް ފަސްކޮށް މަޖިލީހުން އާންމުކޮށްފައިވާ އެޖެންޑާގަައި އޮތީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އަނބުރާ ކޮމެޓީއަށް ފޮނުވުމާ ގުޅިގެން އެ މައްސަލަ އަލުން ބަލައި ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމެވެ.ވަޒީރުންނަށް ރުހުން ދޭން އިއްޔެ ބޭއްވި ޖަލްސާގައި ހަތަރު ފަހަރަށް ވޯޓަށް އަހަން މަސައްކަތް ކުރި ނަމަވެސް، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން މަޖިލީހުގެ ރިޔާސަތަށް އެ ފުރުސަތު ނުދެއްވި އެވެ. އެގޮތުން، އިއްޔެ މެންދުރާއި ރޭ ވެސް ވޯޓަށް އަހަން މަސައްކަތް ކުރި އެވެ.މިކަންތައްތަކާއި ގުޅިގެން ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮމިޓީމަރުހަލާގައި ޝަރުތު ހަމަވެ ގާބިލު ބޭފުޅުންކަމުގައި ނިންމާފައިވަނިކޮށް، މަޖްލިސް ތަޅުމުން ވޯޓް ނުދީ އެބޭފުޅުން ބޭރުކޮށްލަން އުޅުމަކީ ޒާތީވެގެން ކުރާކަމެއް ކަމަށެވެ.ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމި މައްސަލައިގައި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ސަޕޯޓަރުން ވަނީ މަޖިލިސް ސަރަހައްދުގައި މުޒާހަރާ ވެސް ކޮށްފަ އެވެ.ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މިއަދު ހިނގި ހަމަނުޖެހުންތަކުގައި ކަނޑިތީމު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ޝަހީމަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެއްވުމަށް ފަހު ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގައެއް ނުދެވޭނެ ކަމަށް، މަޖިލީހުގެ މައިނޯރިޓީ ޕާޓީ، ޕީއެންސީގެ ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ރޭ ވަނީ ވިދާޅުފައި އެވެ.އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް ރުހުން ނުދިނުމަށް އެއްބަސްވެވޭ ވަޒީރުންގެ ތެރޭގައި ހިމެނެނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.