ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މޭޔަރު އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރާނީ ގުޅިގެން: އެމްއެންޕީ
އަލީ ރާޒީ
11 އޮކްޓޫބަރ 2023 - 00:28
0
comments
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޕީޕީއެމް، ޕީއެންސީ އާއި އެމްއެންޕީއިން ކޯލިޝަން ހެދުން
Tweet
Telegram
ކުރިއަށް ހުރި ހުރިހާ އިންތިހާބެއްގައި ގުޅިގެން ވާދަ ކުރަން ޕީޕީއެމް/ޕީއެންސީއާ އެކު އެއްބަސްވެފައިވާ ކަމަށް އެމްއެންޕީން މިރޭ ބުނެފި އެވެ.
އެމްއެންޕީން މިރޭ ބޭއްވި ހިންގާ ކައުންސިލްގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޕީޕީއެމް/ޕީއެންސީއާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. އަދި، އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ތައްޔާރުވަމުން އަންނަ މަޖިލިސް އިންތިޚާބުގައި ވެސް ތިން ޕާޓީން ވާދަކުރާނީ ގުޅިގެންތޯ ސުވާލު އުފައްދައިފައެވެ.
އެ ސުވާލުތަކަށް ޖަވާބެއް އަރުވަމުން އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ނާޒިމް މިރޭ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއާ އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުމުގައި ވާގޮތުން، ކުރިއަށް ހުރި އިންތިޚާބުތަކުގައި ތިން ޕާޓީން ވާދަކުރާނީ ގުޅިގެން ކަމަށެވެ. ނާޒިމް އިތުރަށް ވިދާޅުވީ، އެމްއެންޕީ އޮތީ އިންތިހާބީ ރައީސްއާ އެކު ވަރަށް ސާބިތުކަމާ އެކު ކަމަށެވެ.
"ރާއްޖޭގައި ބޭއްވޭ ހުރިހާ އިންތިޚާބުތަކެއްގައި ވާދަކުރާނީ ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ އެކުގައި ވާދަކުރެވޭ ގޮތަށޭ،" މިހާރު ވެސް ދަނގެތީ ދާއިރާގެ މެންބަރުކަން ކުރައްވައި ނާޒިމް ވިދާޅުވިއެވެ.
"ހަމަ އެގޮތަށް ޕާލިމަންޓް އިންތިހާބުގައި ވެސް އޮންނާނީ. އަދި ދެން އޮތް އިންތިހާބެއްގައި ވެސް އޮންނާނީ. އެހެންވީމަ އެގޮތަށް އެކަން ހިނގާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،"
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ގޮތުން ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ޖެނުއަރީ މަހު ބާއްވާ މާލޭ މޭޔަރު ކަމުގެ އިންތިހާބެވެ. އެއަށް ފަހު މާޗު ނުވަތަ އޭޕްރިލްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެ އެވެ.
ނާޒިމް ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތުން އެ އިންތިހާބުތަކުގައި ވެސް ވާދަ ކުރާނީ ޕީޕީއެމް/ޕީއެންސީ/އެމްއެންޕީ ގުޅިގެން ކަމަށެވެ.
އެމްއެންޕީން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރީ ވަކިންނެވެ. އެގޮތުން، އެ ބުރުގައި އެމްއެންޕީގެ ޓިކެޓުގައި ވާދަކުރެއްވި އެ ޕާޓީގެ ރައީސް ނާޒިމަށް ވޯޓުގެ އެންމެ ޕަސެންޓެއް ވެސް ނުހޯދުނު އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
9 ދުވަސް ކުރިން
0
ޕީއެންސީއަށް 13 މިލިއަން ރުފިޔާ ދޭން އިލެކްޝަނުން ނިންމައިފި
2 މަސް ކުރިން
0
ޝަރުއީ ނިޒާމަށް ރައީސް ނުފޫޒެއް ނުފޯރުވާނެ: ޕީއެންސީ
2 މަސް ކުރިން
0
ޕީއެންސީގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
3 މަސް ކުރިން
0
ސިޔާސީ ޕާޓީގެ ދަފްތަރުން ޕީޕީއެމް އުނިކޮށްފި
ކިޔުންތެރިންގެ ޝުއޫރު
40%
20%
40%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
7 ގަޑިއިރު ކުރިން
0
މި އަހަރު މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު
8 ގަޑިއިރު ކުރިން
0
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު މާލޭގައި އަސްކަރީ ހިނގާލުމެއް
10 ގަޑިއިރު ކުރިން
0
މަޖީދިއްޔާގެ ހިޔަލުން ގެނައި ކުރިއެރުމަށް ނިމުމެއް ނެތް: ރައީސް
15 ގަޑިއިރު ކުރިން
0