
މިއަދު ކުރިއަށް ގެންދިޔަ ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީގައި ސައިފް ވާދަކުރެއްވީ ހެންވޭރު ދެކުނު ދާއިރާއަށެވެ. އެ ދާއިރާގެ ޓިކެޓަށް އޭނާއާ ވާދަ ކުރީ އަހުމަދު އަސްވަން ނުއުމާން އެވެ.އެ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސައިފް އަށް ވަނީ ޖުމުލަ 27 ވޯޓުގެ ތެރެއިން 15 ވޯޓު ލިބިލައްވައިފަ އެވެ. އަސްވަންއަށް ލިބުނީ 12 ވޯޓެވެ.ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ 19 ވަނަ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ. އެ ދާއިރާއަށް 129 މީހުން ވޯޓުލާފައިވާއިރު ފިރުޝާން ޕްރައިމަރީ ކާމިޔާބު ކުރެއްވީ 74 ވޯޓުންނެވެ.