ޚަބަރު
ބޭރަށް ހިނގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވާން އެދިއްޖެ
މާކެ ސަރަހައްދުގައި ބޭރަށްހިންގުމާއި ހޮޑުލުން އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ މިދިޔަ މަހު ދެއަކުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 3,075 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިދިޔަ ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހުން މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެކަނިވެސް 889 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ބޭރަށް ހިނގުމުގެ ބަލި އިތުރުވެފައިވާތީ ބަލީގެ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ބޭރަށް ހިނގުމާއި ހޮޑުލުމުގެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޯ އެނބުރުމާއި، ކުޑަކަމު ދެވޭ ވަރު މަދުވުމާއި، ހޮޑު ނުވަތަ ބޮޑުކަމުދާ ވަގުތު ލޭގެ އަސަރު ހުރުމާއި، އާދަޔާ ހިލާފަށް ކަރު ހިއްކުން ހިމެނެ އެވެ. 

މީގެ އިތުރުން މީހާ މާބޮޑަށް ވަރުބަލިވުމާއި، ދިޔާތަކެތި ބޭނުން ނުކުރެވުމާއި ބަނޑުގައި ރިއްސުން ހިމެނެ އެވެ.

އެޗްޕީއޭއިން ބުނީ ގިނައިން ހޮޑުލެވުމާއި ބޮލަށް އެނބުރުން އެރުމާއި އާދަޔާ ހިލާފަށް ކަރުގައި ރިއްސުމުގެ އިތުރުން މާ ބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ ވަރު މަދުވެއްޖެނަމަ ވީއެންމެ އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާހޯދަން ވާނެ ކަމަށެވެ.

އެ އެޖެންސީން ބުނީ ބަލިން ރައްކާތެރިވުމަށް ގިނަގިނައިން އަތްދޮވުމަށް ސަމާލުކަން ދޭންވާނެ ކަމަށެވެ.

އެގޮތުން، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފަހުން އަތޮދޮވުމަށާއި ބަލި މީހަކަށް ޚިދުމަތްކުރުމަށް ފަހުގަޔާއި ކުނި އުކާލުމަށް ފަހުގަޔާއި ކެއުމުގެ ކުރިންނާއި ފަހުން އަތް ދޮވުމަށް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ މަހުގެ ތެރޭގައި ވަނީ ޗިކެންޕޮކްސްގެ ކޭސްތައް ވެސް އިތުރުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު