ޚަބަރު
ޗައިނާގެ އެހީގައި ފަސް ރަށެއްގައި ޑީސަލިނޭޝަން ޕްލާންޓް ބަހައްޓައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިން ހަކަތަ އުފެއްދުމުގެ ނިޒާމެއް ގާއިމުކޮށް ކާށިދޫގެ ފެނުގެ ނިޒާމު ހިންގަން ފަށައިފި އެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ ޗައިނާގެ އެހީގެ ދަށުން އެ ޕްލާންޓުތައް ގާއިމުކޮށްފައިވަނީ ރ. އަލިފުށި، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ގއ. ދާންދޫ އަދި ކ. ކާށިދޫގައި ކަމަށެވެ. އެ ޕްލާންޓުތަކަކީ އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ގާއިމުކޮށްފައިވާ ޕްލާންޓުތަކެއް ކަމަށްވެސް ބުންޏެވެ.

މި މަޝްރޫގެ ދަށުން އަލިފުށި، އޮޅުވެލިފުށި، ކެލާ އަދި ދާންދޫގައި ގާއިމުކޮށްފައިވަނީ ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޑީސަލިނޭޝަން ޕްލާންޓެއް ގާއިމުކޮށް 200KW ސޯލާ ޕެނަލްއެއް ހަރުކޮށްފައިވާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

ނަމަވެސް ކާށިދޫގައި ގާއިމުކޮށްފައިވަނީ ދުވާލަކު 200 ތަނުގެ ފެން އުފެއްދޭ ޑީސަނިނޭޝަން ޕްލާންޓެއް ގާއިމުކޮށް 100KW ސޯލާ ޕެނަލްއެއް ހަރުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަދި އަމަލީ މަސައްކަތް ނިންމާ ޓެކްނިކަލް ހޭންޑް އޯވާ ސެޓްފިކެޓްގައި ސޮއި ކޮށްފައިވަނީ 12 އޮކްޓޯބަރ 2023 ގައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލީ ޒިންގ ވިދާޅުވީ މިމަޝްރޫއާއެކު ޚިދުމަތް ޤާއިމުވެގެންދިޔަ 5 ރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

"މިމަޝްރޫޢާއެކު ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮބަދަލާއެކު، ރައީސް ޑރ.މުޢިއްޒު ކަނޑައަޅުއްވާފައިވާ ހަކަތައިގެ އައު އަމާޒަށް ވާޞިލުވުމަށް ބާރަކަށްވެގެންދާނެކަމަށް އުއްމީދުކުރަން." ސަފީރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު