ޚަބަރު
ގޭބިސީތަކަށް ކާޑުގެ ބާވަތްތައް ބަހަން ފަށައިފި
ސަރުކާރުން ކޮންމެ ގޭބީސީއަކަށް ހިލޭ ދޭ ކާޑު ބެހުމުގެ ތެރެއިން-- ފޮޓޯ: ސިޓީ ކައުންސިލް
ރޯދަމަހަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާ ކުރަން ނިންމާފައިވާ ހަނޑުލާއި ފުށް ދޫކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ޚާއްސަ އިނާޔަތްތަކެއް ދިނުމުގެ ގޮތުން ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ދެއްވުމަށް ރައީސް ޑރ.މުހައްމަދު މުޢިއްޒު ވަނީ ނިންމަވާފަ އެވެ.

ގޭބީސިތަކަށް ކާޑުގެ ބާވަތްތައް ހަދިޔާކުރެއްވުމަށް ސަރުކާރުން ހަވާލުކުރައްވާފައި ވަނީ އެސްޓީއޯއާއެވެ. މިމަސައްކަތުގެ ދަށުން ބެހުމަށް ހަމަޖެހިފައިވާ މުދާ މިހާރު ރާއްޖެއަށް އެތެރެކޮށް ގުދަންކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން މިއަދުވަނީ މާލެ ސަރަހައްދުގައި ކާޑު ބެހުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން މާލެ ސަރަޙައްދުގައި ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށެވެ. އަދި ރޭގަނޑު 20:30 އިން 23:00އަށެވެ.

ރަމަޟާންމަހު ކާޑު ދޫކުރާނީ ހެނދުނު 9:30 އިން މެންދުރު 13:00އަށް އަދި ރޭގަނޑު 9:00 އިން 11:30 އަށްކަމަށްވެސް އެސްޓީއޯއިން ބުނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މިދިޔަ ޖެނުއަރީ 13 ވަނަ ދުވަހު ރައީސް ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ހަނޑުލާއި ހަކުރު އަދި ފުށް އެތެރެކުރަން ވަކި ގައުމަކަށް ބަރޯސާ ނުވެ، ތުރުކީން ވެސް ކާޑުގެ ބާވަތްތައް ގެންނަން އެ ގައުމާ އެކު އެއްބަސްވެފައިވާ ކަމަށެވެ.

އަންނަ އަހަރު އެ އަދަދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެ ދުވަހު ރައީސް ވާހަކަފުޅު ދެއްކެވީ އިންޑިއާއަށް އެކި ކަންކަމުގައި ރާއްޖެއިން މާބޮޑަށް ބަރޯސާވެފައި އޮންނާތީ އެކަމާ ގުޅޭ ގޮތުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު