ވިޔަފާރި
އެސްޓީއޯއިން ލުނބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށައިފި
ބާޒާރުގައި ލުނބޯ އަގުބޮޑުވެފައި ވަނިކޮށް ސަރުކާރުގެ ވިޔަފާރިކުންފުނި އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި އެވެ.

ރޯދަ މަހާއި ދިމާކޮށް ބާޒާރުގައި މިވަގުތު ލުނބޯ ކިލޯއެއް އުޅެނީ 65 ރުފިޔާ އިން މަތީގައެވެ.

އެސްޓީއޯ އިން ލުނބޯ ކިލޯއެއް ވިއްކަން ހަމަޖެހިފައިވަނީ 50 ރުފިޔާ އަށެވެ. އަދި 25 ކިލޯގެ ލުނބޯ ބަސްތާއެއް ހޯލްސޭލް ކޮށް ވިއްކަން ހަމަޖެހިފައިވަނީ 1175 ރުފިޔާއެވެ. ހޯލްސޭލް ރޭޓުގައި އެސްޓީއޯ އިން 25 ކިލޯ ލުނބޯ ގަތުމުން، ކިލޯއެއް ޖެހެނީ 47 ރުފިޔާ އަށެވެ.

އެސްޓީއޯއިން ވިއްކާ ލުނބޯ ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހޯލްސޭލް ސެންޓާ އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖްއިން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން އިއްޔެ ވަނީ ރޯދައާ ދިމާކޮށް ފިޔާގެ އަގު ވެސް ހެޔޮކޮށްފަ އެވެ. 

އިތުރަށް ކިޔާލން: އެސްޓީއޯއިން ވަނީ ފިޔާ ކިލޯއެއް 17ރ. އަށް ކުޑަކޮށްފަ އެވެ. ކުރިން ފިޔާ ކިލޯއެއް ވިއްކީ 20ރ. އަށެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު