ޚަބަރު
ބާ ކައުންސިލް ރައީސަކަށް ހުސައިން ސިރާޖު އިންތިހާބުވެއްޖެ
ބާ ކައުންސިލްގެ އާ ރައީސަކަށް ތަޖުރިބާކާރު ގާނޫނީ ވަކީލު ހުސައިން ސިރާޖު އިންތިހާކޮށްފި އެވެ.


މި މަޤާމަށް ސިރާޖް އިންތިޚާބުވެވަޑައިގަތީ ހުސްވެފައިވާ ބާ ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި މުޙައްމަދު ފައިސަލާއި ވާދަކޮށެވެ. އެގޮތުން ސިރާޖަށް 224 ވޯޓު ލިބިފައިވާއިރު ފައިޞަލަށް ލިބުނީ 172 ވޯޓެވެ.

އިންތިހާބުގައި ބާ ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް ބޭފުޅަކު ހޮވުމުގެ އިތުރުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށްވެސް ބޭފުޅަކު ވަނީ އިންތިހާބުކޮށްފަ އެވެ. 

ވޯޓުގެ އަޣުލަބިއްޔަތުން، ބާ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ ޙުސައިން ސިރާޖުއެވެ. އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ އަލްއުސްތާޛު އަޙްމަދު ޝިފާއުއެވެ.

ބާ ކައުންސިލް އެގްޒެކެޓިވް ކޮމެޓީގެ ދައުރަކީ ތިން އަހަރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު