ޚަބަރު
183 ކެންޑިޑޭޓުންނާއެކު މިއަހަރުގެ ބާ އިމްތިހާނު ބާއްވައިފި
ބާ އިމްތިހާނުގެ ތެރެއިން: އިމްތިހާނުގައި 183 ކެންޑިޑޭޓުން ވަނީ ބައިވެރިވެފައި -- ފޮޓޯ: ބާ ކައުންސިލް
މި އަހަރުގެ ބާ އިމްތިހާން 183 ކެންޑިޑޭޓުންނާއެކު ބާ ކައުންސިލުން މިއަދު ވިލާ ކޮލެޖުގައި ބާއްވައިފި އެވެ.

މީގެ  ފަސް އަހަރު ކުރިން ޖޫން 2019ގައި ތަސްދީގު ކުރި 'ގާނޫނީ ފަންުނުގެ ގާނޫނު'ގައިވާ ގޮތުން، ވަކީލުކަމުގެ ހުއްދަ ލިބޭ ތިން ޝަރުތުގެ ތެރެއިން އެއް ޝަރުތަކީ ބާ އިމްތިހާނުން ފާސްވެފައިވުމެވެ.

އެއާ އެކު، 2022 އިން ފެށިގެން ކޮންމެ އަހަރަކު އެއް ފަހަރު މި އިމްތިހާން ބާ ކައުންސިލުން އަންނަނީ ބާއްވަމުންނެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދަން ބޭނުންވާ ފުރަތަމަ ޝަރުތާއި ދެވަނަ ޝަރުތަކީ:

  • ބާ ކައުންސިލުން ގަބޫލުކުރާ، ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީއެއް ހާސިލްކުރުން
  • ގާނޫނީ ދާއިރާގައި އަމަލީ ތަޖުރިބާ ހޯދުމަށް ފުރިހަމަކުރަން ޖެހޭ ލައިސަންސިން ތަމްރީނެއް ފުރިހަމަކުރުން
ބާ އިމްތިހާނަކީ ގާނޫނީ ހިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ އިލްމާއި ހުނަރު، ދާއިރާއަށް އަލަށް ނުކުންނަ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށް ދެވޭ އިމްތިހާނެކެވެ. މި އަހަރުގެ އިމްތިހާނުގައި މައިގަނޑު ހަ ދާއިރާއަކުން ސުވާލު ހިމަނައިފައި ވެއެވެ. އެއީ:

  • ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް
  • ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ
  • ލޭންޑް ލޯ އެންޑް ޕްރެކްޓިސް
  • ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ
  • ޓޯޓް ލޯ
  • މޯލްޑިވިއަން ލީގަލް ސިސްޓަމް
މި އިމްތިހާމުގައި އިނގިރޭސި ބަހުން އަދި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ 120 މަލްޓިޕްލް ޗޮއިސް ސުވާލު ހިމަނާފައި ވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު