ޚަބަރު
ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގްސް އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނު 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނި ގޮތުގައި މި ތަކެތި އަތުލައި ގަނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެއައި ޕާކިސްތާނުގެ އުމުރުން 56 އަހަރުގެ ފިރިހެނެއްގެ ލަގެޖުންނެވެ.

އޭނާގެ ލަގެޖުން 5.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ ބައިވެރިވުމެއް އޮތް ފަރާތެއްކަމަށް ބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު