ޚަބަރު
ސިނަމާލެ ބްރިޖް މެއިންޓަނަންސް މަސައްކަތަށް ދިވެހިންގެ ޓީމެއް ތަމްރީންކުރަނީ
ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުން ހިމެނޭހެން، 3 އަހަރު މުއްދަތަށް ބްރިޖްގެ މެއިންޓަނަންސް މަސައްކަތް، އެޕްރޮޖެކްޓް ކުރިއަށްގެންދިޔަ ޗައިނާގެ ކުންފުންޏާ ހަވާލުކޮށްފި އެވެ.

މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ކުރިއަށް އޮތް ތިން އަހަރަށް ޗައިނާ އިން ހިލޭ މަރާމާތުކޮށްދިނުމާއި ބްރިޖުގެ މަރާމާތާއި ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ތަމްރީނު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ދިވެހި ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު

  • ޗައިނާ ސަރުކާރުގެ ފަރާތުން އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޮންގް ލިޖިން


މިއީ ބްރިޖު މެއިންޓެނެންސް މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމާއި, ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދިވެހިން ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ސޮއިކުރި "ލެޓާ އޮފް އެކްސްޗޭންޖް" އަދި "އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓްސް އޮފް ޗައިނާ އެންޑް މޯލްޑިވްސް" އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ބްރިޖު މެއިންޓެނެންސް މަސައްކަތުގެ އިމްޕްލިމެންޓޭޝަން ކުރުމަށް މިއަދު ސޮއި ކުރި އެއްބަސްވުމުގައި ސޮއިކުރީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވޮން ލިޒިން އެވެ.

އެއްބަސްވުމުގައި ސޮއިކުރައްވާ ވާހަކަދައްކަވަމުން ޗައިނާ ސަފީރު ވަންގ ލިޒިން ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގެ ސޮއިކުރައްވާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީއާއި ގުޅުންހުރި މަސައްކަތްތަކުގައި ޗައިނާގެ އެއްބާރުލުން އަބަސްދުވެސް ލިބޭނެކަމަށެވެ.

"ބްރިޖް އެއްބަސްވުމުގެ ދަށުން ރާއްޖެއަށް މިކަމުގައި ބޭނުންވާ މުހިންމު ހުރިހާ ފަންނީ އެހީއެއް ލިބޭނެ. އަދި ކުރިމަގުގައިވެސް މި ދާއިރާއިން އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދޭނަން." ޗައިނާ ސަފީރު ވަންގ ލިޒިން ވިދާޅުވިއެވެ.

ސޮއިކުރެވުނު މިއެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މިމަޝްރޫޢަށް 3.6 މިލިއަން ޑޮލަރު ޚަރުދުވެއެވެ. މިއީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ހިލޭ އެހީއެކެވެ. މިއެއްބަސްވުމުގެދަށުން ކޮންމެ މަހަކު ކުރިއަށްގެންދާ މެއިންޓަނަންސާއި 6 މަހުން ކުރިއަށްގެންދާ މަސައްކަތް އަދި އަހަރަކު 1ފަހަރު ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތް ހިމެނެއެވެ.

ސިނަމާލެ ބްރިޖު މަޝްރޫއަކީ ޗައިނާ ސަރުކާރުގެ ހިލޭ އަދި ލޯނު އެހީގައި ކުރިއަށް ގެންދިޔަ 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.  


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު