ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހުޅުމާލޭގައި ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރުމަށް އެޗްޑީސީގެ ހުއްދަ ހޯދަން އެދިއްޖެ
މަރިޔަމް އަނާ
20 މާޗް 2024 - 13:53
0
comments
Tweet
Telegram
ކެމްޕެއިން މެޓީރިއަލް ހަރުކުރުމަށް ހުއްދަ ދިނުމަށް ހުޅުމާލޭ ގައި ވަކި ސަރަހައްދުތަކެއް ކަނޑައަޅާ ހުއްދަ ހޯދައިގެން އެޗްޑީސީގެ ލަފަޔާ އިރުޝާދާ އެކު އެކަން ކުރުމަށް އެ ކޯޕަރޭޝަނުން އެދިއްޖެ އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއް ގައި ބުނީ، މަޖިލީސް އިންތިހާބުގެ ކެމްޕެއިން ކުރުމަށް ހުޅުމާލެ ފޭސް އެކަކާއި ދޭއްގެ އެކި ސަރަހައްދުތަކުގައި ބެނާ އާއި ކެންވަސް ފަދަ ތަކެތި ހަރުކުރަމުންދާއިރު އެ ސަރަހައްދުތަކުގައި އާންމުން ހިދުމަތްތައް ފޯރުކޮށް ދިނުމަށް ސާވިސް ޕްރޮވައިޑާ އިން އަޅާފައިވާ ނެޓްވޯކްތަކަށް ގެއްލުން ނުވާނެ ހެން މަސައްކަތް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.
އަދި އިންތިހާބުތަކާ ގުޅިގެން ކެމްޕެއިން ބެނާއާއި ކެންވަސް ފަދަ މެޓީރިއަލް ހަރުކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަކަމާއެކު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"..އެއީ ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރެވޭ ސަރަހައްދުތަކުގެ ގޮތުން ކަރަންޓް ކޭބަލްއާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުން ލިބި ހިދުމަތް މެދުކެނޑޭ ފަދަ ހާލަތެއް ދިމާވެއްޖެނަމަ ރައްޔިތުންނަށް މީގެ ސަބަބުން ގިނަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިދާނެތީ އެވެ،"
އެ ކޯޕަރޭޝަނުން ބުނީ ކުރިއަށް އޮތްތަނުގައި ކެންވަސްތަކާއި ބެނާތައް ހަރުކުރާއިރު އެކަންކަމަށް ސަމާލުވުމަށާއި ހަރުކުރުމުގެ ކުރީން އެޗްޑީސީގެ ހުއްދަ ހޯދާ އެ ކޯޕަރޭޝަންގެ އިރުޝާދާއި ލަފަޔާ އެކު ކުރިއަށް ގެންދިއުމަށް އަންގާ ކަމަށެވެ. އެޗްޑީސީން ވަނީ ކެމްޕެއިން މެޓީރިއަލް ހަރުކުރުމަށް ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ޗާޓެއް ވެސް އާންމުކޮށްފައެވެ.
ވިހިވަނަ މަޖިލީސް އިންތިހާބަށް މުޅި ހުޅުމާލޭ ގައި ކެމްޕެއިން ބެނާތަކާއި ބޮޑެތި ޕޯސްޓަރުތައް ވަނީ ހަރުކޮށްފައެވެ. ބިމު އަޑިއަށް ހޮޅި ޖަހައިގެން ބޮޑެތި ޕޯސްޓަރުތައް ގިނަ ސަރަހައްދުތަކެއް ގައި ޖަހާފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
16 ގަޑިއިރު ކުރިން
0
އަބްދުއްރަހީމް، މަޖިލިހުގެ ރައީސްކަމަށް...!
2 ދުވަސް ކުރިން
0
ހަމައެކަނި ދިވެހިންނަށް ގަނެވޭގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ
3 ދުވަސް ކުރިން
0
ނޮޅިވަރަމް ދާއިރާ އަށް ހޮވި މުހައްމަދު ރަޝީދު ވެސް ޕީއެންސީ އަށް
4 ދުވަސް ކުރިން
0
ރައީސް އެންޑޯސްކުރި ކެންޑިޑޭޓުން ކޮންގްރެސްއަށް ސޮއިކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޔުނިވާސިޓީގެ މެޑިސިން ކިޔަވާ ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ: ސަރުކާރު
8 ގަޑިއިރު ކުރިން
0
ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން ދެނީ
9 ގަޑިއިރު ކުރިން
0
އިންޑިއާގެ ހަވާދު ބްރޭންޑްތަކެއް ރާއްޖޭގައި މަނާކޮށްފި
9 ގަޑިއިރު ކުރިން
0
ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
9 ގަޑިއިރު ކުރިން
0