ޚަބަރު
ސިއްހީ މައްސަލައަކާ ހެދި މިނިސްޓަރު ޝަހީމް އިމާމުވެ ތަރާވީހް ކުރެއްވުން މެދުކަނޑާލައްވައިފި
ގިނަ އިރު ކޮޅަށް ހުންނަވަން ސިއްހީ ހާލަތު ތަންނުދޭތީ މިރެއިން ފެށިގެން އިމާމުވެ ތަރާވީހު ނަމާދު ނުކުރައްވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިއުލާންކުރައްވައިފި އެވެ.

ރޯދަ މަސް ފެށުނީއްސުރެ ޝަހީމް އިމާމުވެ ތަރާވީހް ނަމާދު ކުރައްވަމުން ގެންދެވީ ހުޅުމާލޭ ރަޝީދު މިސްކިތުގަ އެވެ.

ފޭސްބުކްގައި ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން އިމާމުވެ ތަރާވީހު ނުކުރައްވަން ނިންމެވީ ޑޮޮކްޓަރުން ލަފާގެ މަތިން ކަމަށެވެ. އެކަމަކު ދިމާވީ ކޮން ސިއްހީ މައްސަލައެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

އެ ޕޯސްޓުގައި ޝަހީމް ވަނީ ވަރަށް އަވަހަށް ސާޖަރީއަކަށް ދާނެތީ، އާންމުންގެ ހެޔޮ ދުއާއަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އަނބުރާ އިމާމުވެ، ނަމާދުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަވަސް ސާޖަރީއަކަށްދާތީވެ އެންމެހާ ލޮބުވެތި އަހުންނާއި އުހުތުންގެ ހެޔޮ ދުއާއަށް އެދެން. ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް ނުހަނު އުންމީދު ކުރަން. އިމާމުކަމަކީ ކުޑައިރުން ފެށިގެން ނުހަނު ލޯތްބާއި ޝައުގުވެރިކަމާ އެކު ކުރާކަމެއް. މާތް ﷲ ތައުފީގު ދެއްވާށި،" ޝަމީމް ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވި އެވެ.

ޝަހީމަކީ ވަރަށް ކީރިތިކޮށް ގުރުއާން ވިދާޅުވާ ބޭފުޅެކެވެ. ޝަހީމް އިމާމުގެ ތަރާވީސް ނަމާދު ކުރައްވާތީ މަސްޖިދު ރަޝީދަށް ވަރަށް ގިނަ ބަޔަކު ދެ އެވެ. މީގެ އިތުރުން ފަހު ދިހައެއްގެ ރޭތަކުގައި އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ވެސް ކުރައްވަނީ ޝަހީމެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު