ޚަބަރު
ރައީސް މުއިއްޒު, ޕުޓިންއަށް ތައުޒިޔާގެ މެސެޖެއް ފޮނުވައިިފި
ހުކުރު ދުވަހުގެ ރޭ ރަޝިޔާގެ މޮސްކޯގެ ކޮންސާޓެއްގައި ދިން ހަމަލާއާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒު ފޮނުވި މެސެޖުގައި ރަޝިއާގައި ދިން މި ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ކޮންމެ ސިފައެއްގައި ކުރެވޭ ނިރުބަރުވެރި އަމަލުތަކާ ދިވެހިން އަބަދުވެސް ދެކޮޅު ކަމަށް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރަޝިއާގެ ރައީސް އަދި އެ ގައުމުގެ ރައްޔިތުންނާއި ހަމަލާގެ ސަބަބުން އަސަރުކޮށްފައިވާ އާއިލާތަކަށް ރައީސް ތައުޒިޔާ ކިޔުއްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުގެ ކުރު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 137 އަށް އިތުރުވެފައިވާ ކަމަށް ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

މި ހާދިސާ އާ ގުޅިގެން ރަޝިއާގެ ދާހިލީ ވުޒާރާއިން ބުނީ, ހަމަލާދިން 4 މީހުންނާއެކު ޖުމްލަ 11 މީހަކު މިހާރު ހައްޔަރު ކޮށްފައި ވާ ކަމަށާއި އެ 4 މީހުންނަކީ މުޅިންވެސް ރަޝިއާއިން ބޭރު މީހުން (ބޭރު ގައުމުތަކުގެ މީހުން) ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު