ޚަބަރު
ގޯއްޗާއި ފްލެޓާ ގުޅޭ މައްސަލަތަކުގައި ލަފާދޭ ކޮމިޓީއަށް އިތުރު ތިން މެމްބަރުން
ކުރީ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ކޮމެޓީ- ފޮޓޯ: މިނިސްޓްރީ
ކުރީ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާދޭން އުފެއްދި މިނިވަން ކޮމިޓީއަށް އިތުރު ތިން މެމްބަރަކު ހަމަޖައްސައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނެފައިވަނީ، ހައުސިން ކޮމިޓީގެ ޗެއާގެ މަގާމުގައި ހުންނެވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ސިއްހީ ހާލަތު ހުރިގޮތުން ކޮމިޓީން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ކޮމިޓީއަށް އަލަށް އައްޔަނު ކުރެވުނު 3 މެންބަރުންނާއެކު، ޖުމުލަ 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ހައުސިން ކޮމިޓީގައި ހިމެނޭ ފަރާތްތައް:
1- އާމިނަތު އީނާސް – ކޮމިޓީގެ ޗެއާ ހ. ހަބަރުގެ، ކ. މާލެ
2- އަބްދުލްއަޒީޒް ޔޫސުފް – ކޮމިޓީގެ ވައިސްޗެއާ މ. ދޫނިހުރާ، ކ. މާލެ
3- މުހައްމަދު މައުރޫފު ޖަމީލް މ. ދޫރެސް، ކ. މާލެ
4- އަހްމަދު އަލީމަނިކު ގ. ވިޔަވަތި، ކ. މާލެ
5- މަރްޔަމް ފިޒާނާ ރަޝީދު މ. ޒާވަރު، ކ. މާލެ
6- ފާތިމަތު ސައީދު ކުއްޅަވަގެ، ސ. ހުޅުދޫ
7- އާމިނަތު ޝައީރާ ދަޑިމަގު، ވާރޭވިލާ، ޏ. ފުވައްމުލައް

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ.

ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު